Monday, August 09, 2010

ފަނޑިޔާރުގެ ވަނީ ބަކަރި ކޮއްޓަކަށް ބަދަލުވެފައި؟

ފަނޑިޔާރުންނާއި ބެހޭ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން އުޅެނިކޮށް އެކަން ވުމުގެ ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭ.އެސް.ސީ) ގެ ގިނަ މެންބަރުންތަކެއް ދިވެހި ރައްޔިތުންނަށް ޚިޔާނާތްތެރިވެފައި ފަނޑިޔާރުން ލައްވާ ހުވާ ކުރުވުމުން ވަރަށް ގިނަ ދިވެހިން އެކަމާ ނުރުހެއެވެ. ނުރުހުން ފާޅުކުރުމުގެ ގޮތުން ހދ. ވައިކަރަދޫގެ ރައްޔިތުންތަކެއް ބޭއްވި "ހުވާ ކުރުމުގެ ރަސްމިއްޔާތެއް"ގެ ވީޑިއޯ ބައްލަވާލައްވާށެވެ. ފަނޑިޔާރުންގެ ފެންވަރާއި މެދު ރަގަޅު ޝަރުތުތަކެއް ކަނޑަނާޅައި މުޅި އުމުރަށް ފަނޑިޔާރުކަން ކުރެވޭ ގޮތަށް ފަނޑިޔާރުން އައްޔަން ކުރުމުން އެކަމާއި ދެކޮޅަށް ނުރުހުން ފާޅުކުރުމަށް އެހެން ރަށްރަށުގައި ވެސް މިފަދަ ހަރަކާތްތައް ހިންގުމަށް ރޭވެމުން އެބަދެއެވެ.