Thursday, November 29, 2007

ދިވެހީންނަށް ލިބެންއޮތް ހައްގު ފެހި މުސްތަގްބަލް: މުވާސަލާތީ ގުޅުން ނެތުމުން ކިލަބުވެފައި

ނޯޓު: މިއީ 29 ނޮވެމްބަރ 2007 ވަނަ ދުވަހު މިނިވަން ނޫހުގައި ޝާއިއުކޮށްފައިވާ މަޒުމޫނެކެވެ. މިމަޒުމޫނު މިބްލޮގުގައި ޝާއިއު މިކުރަނީ މިއީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުންގެ އިހުލާސްތެރިކަމެއް ނެތްކަން ވަރަށް ރަގަޅަށް ހާމަކޮށްދޭ މަޒުމޫނަކަށް ވާތީއެވެ. ހާއްސަ މަޖިލީހުގައި ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުންނާއި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ ތެރޭގައި ވެސް ގިނައީ އަމިއްލަ އެދުމުން ފޯވެފައި ތިބި މީހުންނެވެ. މިފަހަރު ގެންނަ ގާނޫނު އަސާސީ ކުރީގެ ގާނޫނު އަސާސީއަށް ވުރެ ރަގަޅު ވެފައި ރައްޔިތުންގެ ހައްގުތައް ކޮންމެވެސް މިންވަރަކަށް ރައްކާތެރިކޮށްދޭނެއެވެ. ނަމަވެސް 21 ވަނަ ގަރުނުގައި ދިވެހިން ކުރިޔަށް ދިއުމަށް ބޭނުންވާ ކިތަންމެ ކަމެއް އެގާނޫނު އަސާސީ އިން މަދުވާނެއެވެ. ވީމާ ފުރިހަމަ މިނިވަން ކަމާއި ހައްގުތައް ހޯދުމަށް ދިވެހިން ކުރާ މަސައްކަތް ގާނޫނު އަސާސީ ނިމުމާއި ހަމައަކުން ނުނިމޭނެއެވެ. އެމަސައްކަތް ދިވެހި ޒުވާނުން ކުރިޔަށް ގެންދަން ޖެހޭނެއެވެ. އަދި ރައްޔިތުންނަށް ހިޔާނާތްތެރިވީ ހާއްސަ މަޖިލީހުގެ މެންބަރުންތަކަށް ސިޔާސީ މަގާމުތަކަށް ދެން ޖާގަ ނުދިނުމަކީ ވެސް ދިވެހި ޒުވާނުން ސަމާލުވެ ކުރަން ޖެހޭނެ ކަމެކެވެ.ދިވެހީންނަށް ލިބެންއޮތް ހައްގު ފެހި މުސްތަގްބަލް: މުވާސަލާތީ ގުޅުން ނެތުމުން ކިލަބުވެފައި
ލިޔުނީ: އަހުމަދު އަލީ ނަސީރު، 25 ނޮވެމްބަރ2007

މިހިސާބުން، މައުމޫނު އަބްދުލްގައްޔޫމް ހަދުމަފުޅުން ކައްސަވާލައްވާށެވެ. އޭނާ، އެއީ އިހަށްދުވަހެވެ.

އެހެންނޫނަސް އޭނާ އެއީ، އަޅުގަޑުމެންގެ މުސްތަގްބަލުގައި ހަރަކާތްތެރިވާނެ އިސް މީހެއްވެސް ނޫން ދޮގެއްތޯއެވެ؟ އޭނާގެ ސިޔާސީ އުމުރު ހަމަވީއެވެ. މިހާރު މިވަނީ ވަގުތު ބަދަލުވެފައެވެ. ޒަމާން މިވަނީ އެހެން ދަރަޖައަކަށް ނަގުލުވެފައެވެ. މަންޒަރު ކެހި އެހެން ހިސާބަކަށް އާދެވިފައެވެ.

ގާނުނު އަސާސީއެއް ލިޔާން ޖެހިފައޭ މިއޮތީ ކިޔާ، 113 މެމްބަރުން އަޑުއަރުވަމުން ދާތާވެސް މިހާރު އެތަކެއް އަހަރުވީއެވެ. އެތަކެއް މިލިއަން ރުފިޔާވެސް މި މެމްބަރުންނަށް ބަޖެޓުންދީ ހުސްވެއްޖެއެވެ. ހިސާބުތައް އަމިއްލަޔަށް ހައްދަވާށެވެ.

ތ އަތޮޅުގެ އިއްޒަތްތެރި މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ލީޑަރ، ހަސަން އަފީފުގެ އެސްޓިމޭޓް ކަމުގައި އޭނާ <މިނިވަން ރޭޑިޔޯ> މެދުވެރިކުރައްވާ ރައްޔިތުންނަށް ދެއްވި މުއްދަތަކީ، 3 މަސްދުވަހެވެ. މި ދެންނެވި ބަސްދީގަތުމަށްފަހު އެތަކެއްމަސް މިވޭތުވެ ދިޔައީއެވެ. ކުލަތައް ގުޅުވައިގެން ޓައީ، ގަމީސް އަދި ފަޓުލޫނާއި އިސްޓާކީން ގެ ބޭރުން އޮފު ކުރި ބޫޓަށް އެރިވަޑައިގެން އެތިއްބެވި ޚާއްސަ މަޖިލީހުގެ އިއްޒަތްތެރީންގެ ތެރޭގައި، މިކަން ދެނެވަޑައިގެން ނުވަތަ ގަބޫލުފުޅު ކުރެއްވި ކިތައް މެމްބަރުން އެބަ ތިއްބެވިތޯއެވެ؟ ގާނޫނު އަސާސީ އިސްލާހުކުރުމޭ ކިޔައިގެން ބައިގަޑަކަށް ބަޑު މުސާރަޔާ ކޮއްތު ލިބި ފަލަވުންނޫން އެހެންކަމެއް އަދި ނުވެއޭ ބުނެ ޝަކުވާކުރާ މީހުން މަދެއްނޫނެވެ. އެއީ ނުހައްގުން މަޖިލީސް މެމްބަރުންނާ ދިމާކުރުންތޯއެވެ؟


އާންމުންގެ ތެރޭގައި އިއްޒަތްތެރި މެމްބަރުންނަށް އޮންނަ އިތުބާރަށް ލޮޅުން އެރުމަކީ މިފަދަ މުހިންމު މަސައްކަތެއްގެ މޭވާ ހިތިވާނެ އެއްސަބަބެވެ. ގާނޫނު އަސާސީ އިސްލާހުކުރުމުގައި އެ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ ބުރަކަން ރައްޔިތުންނަށް އެންމެ ރަގަޅަށް އޮޅުން ފިލާނީ، އާންމު ރައްޔިތުންނަށް ލިބޭ މައުލޫމާތު ތާޒާކަންމަތީ ފުރިހަމަޔަށް ލިބޭނަމައެވެ. ތޯތޯވާހަކަތައް މަދުވެގެންނެވެ. ރާއްޖޭގައި، މިހިދުގައިނަމަ، ސަރުކާރުން ހިންގާ ރޭޑިއޯ އަދި ޓީވީ ގެ ވާޖިބަކީ މި މުހިންމު ރޯލު އަދާކުރުން ނޫންތޯއެވެ؟ މިކަމެއް ނުވެއެވެ. އިންފޮމޭޝަން މިނިސްޓަރ ނަޝީދު ވިދާޅުވާ ގޮތުގައިނަމަ، ޓީވީއެމްގެ މުވައްޒަފުންނާއި އަޑުގެ މުވައްޒަފުން އެއްބަޔަކު އަނެއް ބަޔަކާ ވާހަކައެއް ނުދައްކައެވެ. މުވާސަލާތުގެ ދަރުބާރު އޮތްގޮތަކީ މިއީކަމުން، އިއްޒަތްތެރި މެމްބަރުން ކުރައްވާ މަސައްކަތާބެހޭ ހޫނު ރިޕޯޓްތަކެއް ރައްޔިތުންނަކަށް ނުލިބެއެވެ. ދެން އޮންނަނީ މަޖިލީހުގެ ގެލެރީއެވެ. އެތަނުން ކިތަކެއް ރައްޔިތުންނަށް މައުލޫމާތު ލިބޭނެތޯއެވެ؟ ވަގުތުން ލައިވްކޮށް މަޖިލީހުގެ ތަޅުމުގައި ވާ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދެވިދާނެއެވެ. އާންމު ބަހުސްތައްވެސް ބޭއްވިދާނެއެވެ.

ސަރުކާރު ދޫކޮށް ސިޔާސީ ޕާޓީތަކާއި އެމީހުންގެ މުވާސަލާތީ ގުޅުމަށް ބައްލަވާށެވެ.

އެމްޑީޕީއަށް ބަލާއިރު، ކޮންމެވެސް ވަރަކަށް މެމްބަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި، މަޝްވަރާތަކާ ބަހުސްތައް ދަނީ އެޕާޓީން އިންތިޒާމް ކޮށްގެން ހަރުގެތަކުގައި ބާއްވަމުންނެވެ. ފިއްތުންތަކަކާވެސް އެކީގައެވެ. އަދި މަޖިލީހުގައި ހިގާނުހިގާ ހުރިހާކަމެއް އެޕާޓިން އެދަނީ ވަރަށް ގާތުން ބަލަމުންވެސްމެއެވެ. ނަމަވެސް، މަޖިލީހުގެ ގެލެރީން ބޭރުގައި ތިބި އެހެން ރައްޔިތުންނަށް އޮތީ ކޮންގޮތެއްތޯއެވެ؟

ސިޔާސީ ޕާޓީތަކަށް އެމީހުންގެ މެމްބަރުންނަށް ލިބެމުންދާ މައުލޫމާތުގެ ދޮރު މިހާރަށްވުރެވެސް ފުޅާވެއްޖެނަމަ، ގޮފިތަކާ، ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އެޕާޓީއެއްގެ އާންމު މެމްބަރުންނަށް، ގާނޫނަށް މިއަންނަން އުޅޭ ބަދަލުތައް ހޫނުކަންމަތީ ދެނެގަނެވޭނެއެވެ. ޕާޓީއެއްގެ އެތެރޭގެ އޮނިގަޑު ނެތްނަމަ، މިވަރުވެސް މެމްބަރުންނަކަށް ނުކޮށްދެވޭނެއެވެ. އެމީހުން ތިބެންޖެހޭނީ ސުވާލުމާކެއްގެ ތެރޭގަތާއެވެ.

ބިންގަލުން ފެށިގެން ކަމެއް ބަދަލުވާއިރު، އެބަދަލެއް އައިސް، މޫލާފައިވަނީ ރައްޔިތުންގެ ބައިވެރިވުން ބޮޑަށް އޮންނަ ޖަމާއަތްތަކުގައެވެ. އާންމުންގެ ތެރޭގައި ޚިޔާލު ފާޅުކުރުން ހުޅުވި، ނޫސްތަކާ މުވާސަލާތީ އެހެނިހެން ޗެނެލްތައް މެދުވެރިކޮށް ދުރަށް އެޚިޔާލުތައް ފަތުރާނެ ޖާގަލިބިގެން، އެކި ފެންވަރުގެ އެކިއުމުރުގެ މީހުން މިއަންނަން އުޅޭ ބަދަލަށް ފޯރިދީ، މަސައްކަތުގެ އެއްބައިގައި ހިފައިގެން މިކަން ވަރަށް ހަރުދަނާކޮށް ކުރެވިދާނެއެވެ. މުވާސަލާތީ ގުޅުން ރަގަޅަށް ބިނާވެ ނެތުން އެއީ، ރައްޔިތުންނަށް ލިބެންވާ މައުލޫމާތު ނުލިބުމުގެ އެއްސަބަބަކަށް ވާއިރު. ދެންއޮތް ހުރަހަކީ ސިޔާސީ ގޮތުން ޚާއްސަ މަޖިލީސް އެތުރި އޮތްގޮތެވެ.

ރައްޔިތުންގެ ޚާއްސަ މަޖިލީސް ސިޔާސީ ސަބަބުތަކަކަށްޓަކައި އޮތީ އެކި ފެކްޝަންތަކަށް ބެހިފައެވެ. ނަސީބު ދެރަކަމުން، ނޫނީ ދިވެހީންގެ ދޯހަޅިކަމުން، ރައްޔިތުން ތަމްސީލު ނުކުރާ ބޮޑުބައިގަޑެއްވެސް މި މަޖިލީހުގައި އެބައުޅެއެވެ. މައިގަޑު ގޮތެއްގައި މައިނޯރިޓީ އޮތީ އެމްޑީޕީގެ ކޮޅުގައެވެ. ނަމަވެސް، ކުރެވޭ ބައެއް ބަހުސްތަކާއި ނެގޭ ވޯޓުތަކުން ދައްކަނީ ޑީއާރޕީގެ ތެރޭގައިވެސް އެމްޑީޕީއާއެކު ވޯޓު ދެމުންދާ މެމްބަރުން އުފެދޭކަމެވެ. ހަމަ އެފަދައިން، އެމްޑީޕީގެ ޕާލަމެންޓޭރިއަނުން، ތިމާމެންގެ ޕާޓީ ލައިންއާ ދިމާ އިދިކޮޅަށްވެސް ވަކި ހިސާބަކުން އިސްލާހު ހުށައަޅުއްވާ އަދި ވޯޓުދެއްވަމުންވެސް އެބަގެންދަވައެވެ. މީގެ އެންމެ ރަގަޅު މިސާލަކީ ތ. އަތޮޅަށް ނިސްބަތްވާ އިއްޒަތްތެރި މެމްބަރ، ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. ޕާޓީގެ ތެރެއިން އިވޭގޮތުގައި، މީނާއަކީ އެމްޑީޕީގެ ފަލްސަފާއާއި ކަޑައެޅިގެން ދެކޮޅަށް މަޖިލީހުގައި ހަރަކާތްތެރިވެލައްވާ ބޭފުޅެކެވެ.

ޕާޓީތައް އުފެއްދުމަށް ހުއްދަ ލިބުމާއެކު ލަސްނުކޮށް ބާއްވަންޖެހޭ (ހުރިހާ ޕާޓީތައް އެކުލެވޭގޮތަށް) އިންތިޚާބު ނުބާއްވާ، މަޖިލީސްތަކުގެ ގޮޑިތަކާ ސަރުކާރުގެ ގޮޑިތައް އެއްޕާޓީން ދަމައިގެން ދަމައިގަތުމަކީ، މި އިސްލާހުތައް އޭގެ ފުރިހަމަގޮތުގައި މި ވަގުތައް ދިވެހީންނަށް، ނުލިބިދާނެކަން ދައްކުވައިދިން ކަމެކެވެ. އެހެންކަމުން، ގާނޫނު އަސާސީ އިސްލާހު ކުރުމަށް މަޖިލީހުގައި އެތިއްބެވި ހުރިހާ މެމްބަރުންނަކީ، ކޮންމެހެން ގިނަ ރައްޔިތުންގެ ވިންދާ އެއްގޮތަށް ވޯޓު ދެއްވާނެ މެމްބަރުންނެއް ނޫނެވެ. ސަރުކާރުގެ މީޑިއާއިން ރައްޔިތުންނަށް ފެންނަ މަންޒަރުތަކުގެ ފަހަތުގައިވެސް، އާންމުންގެ ލޯތަކާ ކަންފަތްތަކާ ދުރުގައި މި މަސައްކަތާބެހޭ މަޝްވަރާތަކާ، ޑީލްތަކާ، ޒުވާބުތައް ހިގަމުން އެބަދެއެވެ. ދާނެވެސްމެއެވެ. އެއްސަބަބަކީ، މުޅި މުޖްތަމައަށް ފެތުރިފައި މިވާ ސިޔާސީ ނުތަނަވަސްކަމާއި ޝައްކާ ވަހުމާ، ޙުދުމުޚްތާރު ވެރިޔަކު ފަތުރައިގެން އުޅޭ ފައިސާ އާއި މުދަލުގެ ނުފޫޒެވެ. ކަރަޕްޝަނެވެ. ކަރަޕްޓް ވެފައިވާ ސިކުޑިތަކެވެ.

ނަމަވެސް، ރައްޔިތުންނަށް އޮޅުންނުފިލާ ހިސާބަށް ކަންކަން ދިއުމުން ނަތީޖާ ގޯސްވުން ގާތެވެ. ހުރިހާ ދިވެހީންގެ މުސްތަގްބަލަށް އަސަރުކުރާ ކަމެއް ކުރާން އުޅޭއިރު (އާ ގާނޫނު އަސާސީއެއް އެކުލަވާލަން އުޅޭއިރު)، އެންމެ ކުޑަވެގެން އެރައްޔިތުންނަށް ވާނުވާ އެބަ ހުރަހަކާނުލާ، ނޫނީ ސެންސަރު ކުރުމެއްނެތި، އެގެން މަޖުބޫރުވެއެވެ. މި ގެންނަންއުޅޭ އަސާސީއަކީ، ހަމައެކަނި އިންފޮމޭޝަން މިނިސްޓަރާއި އޭނާ އިޝްތިހާރު ކުރަންވެގެން ތެޅިފޮޅޭ އޭނާގެ ވެރިޔާގެ މަސްލަހަތަށް އެކަނި ނިމިގެން ތަސްދީގް ކުރެވިގެން ދާންޖެހޭ ގާނޫނު އަސާސީއެއް ނޫނެވެ. މިއީ ހުރިހާ ދިވެހީންގެ މަސްލަހަތަށް ނިމޭންޖެހޭ ކަމެކެވެ.

ރައްޔިތުންނަށް މިދަޑިވަޅުގައި އޮޅުވާލާ، އެމީހުންނަށް ލިބެންވާ ހައްގެއް ނިގުޅައި ގަނެވޭނެފަދަ ބާބެއް، ނުވަތަ އިސްލާހެއް ފާސްކުރުމަށް އެހީވާ ކޮންމެ މެމްބަރަކީ (ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ)، އެމެމްބަރަކު ނުވަތަ އޭނާ ނިސްބަތްވާ ޕާޓީއަކާއިމެދު، ރައްޔިތުން މުޅި އުމުރަށް ނުރުހުންވާނެ މެމްބަރެކެވެ. އަދި ޕާޓީއެކެވެ. ޑރ. ހުސެއިން ރަޝީދަކީ، މިފައްތަރުގައި އިންނެވި އިއްޒަތްތެރި މެމްބަރެއްކަމުގައި ގިނަ ބަޔަކު މިހާރު އެބަ ދެކެއެވެ. އިންފޮމޭޝަން މިނިސްޓަރ، ނަޝީދަކީ މީނާގެ <ކޮންޓްރޯލަރ> ކަމުގައިވެސް ބައެއް އޮބްޒާވަރުން ހޫނުބަހުން ދައުވާކުރެއެވެ. ޑީއާރޕީގެ އިއްޒަތްތެރި މެމްބަރެއް ކަމުގައިވާ ލުބްނާ ޒާހިރު ހުސެއިން ގެ ޑިކްޓޭޝަނަށް އާނބަސް ވިދާޅުވާކަމަށް އަޑުއަރާފައިވާ މި ޑޮކްޓަރަކީ، އެމްޑީޕީ ފަނާކޮށްލުމަށް އަބަދުވެސް މަސައްކަތްކުރައްވާ ބޭފުޅެއްކަމުގައި، ޕާޓީގެ މުސްކުޅި މެމްބަރަކު ލިޔުންތެރިޔާއަށް ކިއައިދިނެވެ. ހަގީގަތް ހާމަވާނީ ޕާޓީގެ މުވާސަލާތީ އޮނިގަޑު ހަރުދަނާ ވެގެންނެވެ. ނުވަތަ، ސަރުކާރުގެ މީޑިޔާ ވަކިއަތަކަށް ނުޖެހި މައުލޫމާތު ފެތުރުމުންނެވެ.

މިފަދަ ކަންކަން މިގޮތަށް ވާން މެދުވެރިވާ އެއްސަބަބަކީ، ޕާޓީތަކުގެ މުވާސަލާތުގެ ހީނަރުކަމެވެ. އެމްޑީޕީއަށް ބަލާއިރު، މި ހީނަރުކަން އަބަދުވެސް ފޫބައްދަން ޖެހެނީ ސެކްރެޓޭރިއަޓްގެ ބޭރުން ޕާޓީއަށްޓަކައި ބައިވެރިވެ މަސައްކަތްކުރާ ވޮލަންޓިއަރުންނަށެވެ. މައުލޫމާތު ފޯރުކޮށްދިނުމުގައި، އެހެން ޕާޓީތައް އަދި އޮތީ މާފަހަތުގައެވެ.

އެމްޑީޕީގެ އެތެރޭގައި އޮތް މުވާސަލާތުގެ އޮނިގަޑު ވަރުގަދަ ކުރެވެން އަންނަނީ، ޕާޓީގެ ސެކްރެޓޭރިއަޓް މުރާލިވެ ތަސައްރަފް ފުދިގެން ކަމުގައި ގިނަ މެމްބަރުން ލަފާދެއެވެ. ޕާޓީގެ ރެކޯޑްތައް ރަގަޅަށް ބަލަހައްޓާ، މަޖިލީސްތެރޭގައި ޕާޓީއަށް ނިސްބަތްވާ މެމްބަރުން ގެ ހަރަކާތްތައް ޕާޓީގެ އާންމު މެމްބަރުންނަށް އޮޅުންފިލުވައި ދިނުމުގެ ޒިންމާ އެޅެނީ، ޕާޓީގެ ސެކްރެޓޭރިއަޓް ގެ ކޮޑުގައެވެ. ޕާޓީގެ ގޮފިތަކުގެ އެންމެހާ މެމްބަރުންނަށް މި ބަދަލާބެހޭ ހުރިހާ މައުލޫމާތެއް ލިއްބައިދޭން އެބަޖެހެއެވެ. ގާނޫނު އަސާސީ އެއް އުފެދެމުން ދާއިރު މިކަންކަން ތަރުތީބުވާން ޖެހެއެވެ. ސަބަބަކީ އަޅުގަޑުމެންގެ ރާއްޖެ ޖިއޮގްރަފިކަލްގޮތުން އެތުރި އޮތް ހަގީގީ ސިފަ، ކިރިޔާވެސް ތަސައްވަރު ކުރެވޭފަދަ މީހަކަށްވިއްޔާ، މުވާސަލާތީ ގުޅުމުގައި ހިމެނޭ ދަތިތައް އިހްސާސް ކުރެވެން ވާނޭކަމެވެ. އެފަދަ މީހަކަށް، ޕާޓީގެ ނެޓްވާރކެއް ބިނާކޮށް، އެ ނެޓްވަރކްގެ ބޭނުން ހިފާނޭ ގޮތް ސިކުޑިއަށް ނެގެން ޖެހޭނެއެވެ. މިކަންކަންވެސް ބެލެންޖެހެއެވެ. މިއީވެސް ގާނޫނު އަސާސީއެއް ލިބިގަތުމަށް އުޅޭއިރު މުހިންމު ކަމެކެވެ.

އިސްލާހަށް އެދި ހަރަކާތްތެރި ވަމުންދާ ރައްޔިތުންނަށް އެމީހުން ތަމްސީލުކުރާ މެމްބަރުން އެކުރާ މަސައްކަތް ސާފުކޮށް އެގުމަކީ މިކަން އޮމާންކޮށް ގެންދެވޭނެ އެއްގޮތެވެ. މިކަން ކާމިޔާބުވާނީ، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށް އާންމު ރައްޔިތުން ފެނި، އެމީހުންގެ މަސްލަހަތަކީ ކޮބައިކަން ދެނެގަނެވިގެންނެވެ. ސިވިލް ސޮސައިޓީއަށް އިހްތިރާމް ކުރެވިގެންނެވެ.

ޕާޓީތަކުގެ އިތުރުން އެއްބަހެއް ކިޔާ، އަދި އެއްދިމާޔަކަށް ދަތުރުކުރާ ހުރިހާ ދިވެހިން، މިވަގުތު މި ތިބެނީ ނޭވާ ހިފަހައްޓައިގެންނެވެ. ގާނޫނު އަސާސީ ނިމޭނެ ބާވައެވެ؟ ނިމޭއިރު އެ އަސާސީ އޮންނާނީ ކިހިނަކުން ބާވައެވެ؟ އެއް އަސާސީ އެއްލައިލާފައި އަނެއް އަސާސީއާއެކު ކުރިޔަށްދިއުމަށް ހަރުދަނާ އެއްބަސްވުމެއް އެބައޮތްބާވައެވެ؟

އެގިވަޑައި ގަންނަވާނޭ ފަދައިން، ކޮންމެ ދުވަހަކު އާ ގާނޫނު އަސާސީއެއް ލިޔާން އުޅުމަކީ ކޮސްކަމަކަށް ވާއިރު، އެޒަމާނަކަށް އެންމެ ފެތޭ އަދި ވީއެންމެ ގިނަ ދުވަހެއް ވަންދެން ބޭނުން ކުރެވޭނެ، ފުޅާ އަސާސްތަކެއް އެކުލަވާލުމަކީ، ވިސްނުންތެރި ފިޔަވަޅަކަށް ވާނެއެވެ.

އަޅުގަޑުވެސް ގަބޫލުކުރަމެވެ. ޒަމާނަށް ފެތޭ ސިޔާސީ އަޚްލާގެއް، އަޅުގަޑުމެންގެ ތެރޭގައި އަށަގަތުމަށް އެތައް ދައުރުކުރުން ތަކެއް ބޭނުންވާނެއެވެ. ނަމަވެސް، މިހާރުން މިހާރަށްވެސް މުވާސަލާތީ އޮނިގަޑު ނަގަހައްޓާ ކޮޅަށް ޖެހިއްޖެނަމަ، އޭގެ ނަތީޖާއެއްގެ ގޮތުން ކަންކަމުގެ ހަގީގަތް ގިނަބަޔަކަށް އޮޅުންފިލާ، މައުލޫމާތު ހަލުވިކަމާއެކު ދައުރުކޮށް، ރައްޔިތުންނާއި މަޖިލީހުގައި މަސައްކަތް ކުރައްވާ މެމްބަރުންނާއި ދެމެދު ގުޅުންތައް އުފެދި އާރޯވާނެއެވެ.

މިހާރު މިއޮތް ފުސް މާހައުލުގައި، ޒިންމާދާރު މީޑިއާއެއް މަސައްކަތް ކުރެވޭނެ ޖާގައެއް ނެތެވެ. އެކަމަށް ފަހިވާ ގާނޫނީ އޮނިގަޑެއް ހެދުމަށް އުޅުމަކީ މި ސަރުކާރުގެ ބޭނުމެއްވެސް ނޫންކަން މިހާރު އެގި ފާޅުވެއްޖެއެވެ. ބޭނުންނުވާ ދެބަސްވުންތަކާއި، އަރާރުންތައް ގިނަވަނީ (ޚާއްސަ މަޖިލީހުގެ ތަޅުމުގައި ވިޔަސް، އެތަޅުމުން ބޭރުގައި ވީނަމަހީވެސް)، ސަރުކާރުން މުވާސަލާތައް ހުރަސްއަޅާ، މައުލޫމާތު ސިއްރުކޮށް ރައްޔިތުން ބިރުގަންނަވާތީއެވެ. ކަމަށް ބޭނުންވާ ހަމަތަކާ އުސޫލުތައް އެއީ، ހަމައެކަނި ސަރުކާރު ހިމާޔަތްކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގެންގުޅޭ އުކުޅުތަކަކަށް ވުމީ މީގެ އެންމެ ދެރަކަމެވެ.

ގާނޫނު އަސާސީ ނިމޭއިރު އޮންނާނެ ނަމޫނާއަކީ، ރައްޔިތުންގެ މަންދޫބުންގެ ތެރޭގައި ތިއްބެވި ތަފާތު ޕާޓީތަކުން ނިންމާނެ ނަމޫނާއެކެވެ. އެއާ ޚިލާފަށް ގާނޫނު އަސާސީއަކީ އެންމެންގެ އެއްޗެކެވެ. އަދި ގިނަބަޔަކު ދެކޭގޮތުގައި، މައުމޫނު ވެރިކަމުން ދުރަށްލުމާއި، މުސްތަގްބަލަށް ދިވެހީންނަށް އާ ގާނޫނު އަސާސީއެއް ލިޔެ ފާސްކުރުމާ، މިއީ މުޅީން ދެކަމެކެވެ. އެހެނަސް ވެރިކަން ހިންގާ ފަރާތުގެ ނުފޫޒު ގާނޫނު ހަދާ ފަރާތްތަކަށް އޮތީތީވެ، މި ދެކަންތައް ފުށުއަރައި، އޮޅުންގަޑެއްގެ މެދަށް ރައްޔިތުންނަށް މިތިބީ ވަދެވިފައެވެ. ދެކަމަކީވެސް ދިވެހީންނަށް ލިބޭންއޮތް ފެހި މުސްތަގްބަލް ބިނާކުރުމަށް ކުރަންޖެހޭ ދެކަމެވެ. ކަން ކުރާން މިޖެހެނީ އަމިއްލައަށެވެ. (ނިމުނީ)


Read more

Friday, November 23, 2007

Maldives needs bicameral parliament, mid-term elections and four-year presidential term

After spending more than three years idle, the members of our Constituent Assembly (People's Special Majlis) seems to be eager to finish the constitution by a self-imposed deadline of November 30. However, it is a matter of grave concern that the present draft falls short of several reforms that will benefit the country.

We propose to include these features in the constitution.

1. Bicameral Parliament

During debates at Special Majlis our MPs just dismissed the idea of a bicameral parliament without even a sound debate and decided that Maldives should have a unicameral parliament. They did not consult their constituents much before making their decision. The reason is obvious: these MPs who are hopeful of future re-election, are not ignorant of the power, influence and benefits they can reap out in a single chamber parliament.

But we call for a bicameral parliament in the Maldives because two chambers work to check and balance the work of each chamber. We find examples of bicameral parliaments in countries with presidential system as well as parliamentary system. Examples include USA, UK, India, Japan and Australia. Wikipedia outlines some of the benefits of such a parliament.

A 2005 report on democratic reform in the Arab world by the US Council on Foreign Relations co-sponsored by former Secretary of State Madeleine Albright urged Arab states to adopt bicameralism, with upper chambers appointed on a 'specialised basis'. The Council claimed that this would protect against the 'tyranny of the majority', expressing concerns that without a system of checks and balances extremists would use the single chamber parliaments to restrict the rights of minority groups.


2. Mid-term elections

It has been generally accepted by various political stakeholders that Maldives is going to have a Presidential System. One of the most important features of a Presidential System is mid-term elections. Mid-term elections make the Parliament more accountable. If mid-term elections comes with a bicameral parliament it creates more accountability and checks and balances. For example, in the USA all members of House of Representatives are elected every two years in mid-term elections while some members of Senate are also elected in mid-term elections. However, our MPs have decided to have a five-year term for the parliament. Instead of this our parliament should consist of two houses with one of them facing elections every two years.

3. Four-year term for President

We believe the term of five-years for a President is too long as one person can rule for ten years if he or she can win two-terms. The two-term restriction for one person is excellent. However, we believe the term of a President must be four years and not five years. During the four-year term a mid-term election must be held to elect members of one of the chambers in a bicameral parliament.

We will be advocating for these reforms. We are at a loss as to why our MPs failed to come up with these important features that are seen as very important in a Presidential System.

What you can do

Time is running out. The constitution that they are trying to make for us and our future generations should be made after consulting us. The MPs are frantically trying to pass all chapters within the next few days. This is the most crucial time to act if you need a better constitution. Tell your MP that you need these reforms. Start talking about this in cafes and at your office. Organise protests near the parliament. Send requests to the Chair of the Drafting Committee Mr Ibrahim Ismail (Ibra) that you need these reforms included in the draft of the constitution. Start the campaigns in your facebook groups and blogs.

These reforms are needed to make the Parliament and Executive more accountable with a new constitution. If our MPs ignore the appeal, we will make sure they will have a hard time getting re-elected in the future elections. Having a better constitution is our right as well. Just because they are elected for making it, does not mean they can do whatever they want with it. Remember that they are being paid with our money. The people's money.

Our Facebook groups Idhikeeli Maldives and Separation of Powers for Maldives have already started this campaign. Why don't you join as well to have a better future for all of us?
Read more

Saturday, October 06, 2007

Global Day of Action for Burma

Today is the Global Day of Action for Burma. Protests and other events are being organised in 100 cities in 30 countries to show support with the people of Burma. Protesters are condemning the brutal crackdown in Burma and putting pressure on their own governments and the UN to take urgent action over Burma. It is hoped that the unified voice of the global citizens will provide some protection to monks and other democracy activists in Burma who are either risking their lives or facing torture in detention. More details at the Facebook group Support the Monks' Protest in Burma.

Bilhegandu for Burma

The Facebook group Cry Freedom - Maldives organised an event to show support with the people of Burma on October 4 evening. The event 'Bilehgandu for Burma' involved gathering near the 'Tsunami Monument' near Thin Baaru Vaki Kuraa Maidhaan or Separation of Three Powers Square and chewing of betel leaves. The activists also held a banner supporting democracy in Burma. People of Male' stopover at this point to buy and chew betel leaves from the parked push-carts. Cry Freedom - Maldives said chewing of betel leaves is something common that Maldivians have with the Burmese people. However, it was not lost on the activists that what is most significant similarity between Maldivians and Burmese is that both nations are ruled by dictatorships that are suppressing the call for freedom through brutal tactics.

Here is the report of the event prepared by the group Cry Freedom - Maldives.


Despite the heavy rain more than 30 cry freedom members with their friends came to show their support for the Burmese people. We all gathered at the tsunami memorial at about 9 45.

At about 10 we hoisted the banner which read “bilehgandu for Burma, we are with the people of Burma -rise up-free Burma-cry freedom”it was a beautiful site. we all were happy to make new like minded friends, Who gave a damn about human rights here and around the world.

At 10 15 we were peacefully sitting on the sea wall with the banner hoisted. Police patrols start driving around.

Police van comes and starts taking pictures. We all were very happy that the police were supporting this event.

At about10 30 the police van pulls up to us and asks us
Why are u writing stuff about BURUMA !!!
We tell them that B –U- R –M- A spells BURMA not BURUMA
Ok they say so wats all this about
We say we are hear to show our solidarity towards the Burmese people who were calling for their rights. And freedom we are not hear for any political reasons,
We said that its our right to gather hear, it’s the only area in male wear people cud gather without permission.
The policeman says yeah its ok, some of them chew our bilehgandu
The police van leaves the area


We get back to our peaceful sitting. We get some bilehgandus from the nearest gadiyaa .
We start chewing it peacefully (no raikulhu was ever spat on the area)

At about 10 45 the police van returns with two patrol cars.
Surround us.
This time all the policemen gets out of their cars comes to us and says that .this is against the law
They tell us that they will have to confiscate the banner
They don’t give us any real reason

Since we didn’t want any problems .we gave them the banner. They go away. Smiling .
At 11 20 protest comes to an end with our rights violated by the very people who are supposed to protect it-

Pictures of the event has been posted on the event page and cry freedom page
Read more

Thursday, October 04, 2007

!Free Burma


Free Burma!

Join international bloggers posting only one blog post to their blogs on October 4, to show support with the democracy movement in Burma. Like Maldives, Burma is also being ruled by a dictatorship. At this moment, thousands of monks and democracy activists are detained, and they may be tortured. International pressure is needed to reduce the extent of brutality exercised by the military junta in Burma.
Read more

Tuesday, October 02, 2007

Put your name in open letter to UN urging action over Burma


Put your name in an open letter to Ban Ki-Moon, Secretary-General of the United Nations, urging urgent action concerning Burma. This open letter, initiated by blect.net, is one way you can show your support to the peaceful protests in Burma and join people from the rest of the world in showing solidarity with Burmese people.
Read more

Saturday, September 29, 2007

Maldives facing the ugly beast of terrorism

This is a sad day for Maldivians. The ugly beast of terror has appeared here, in our own country, which we like to label as peaceful and tranquil.

Idhikeeli condemns the act of terrorism that occurred in Sultan Park on September 29. Our sympathies are with the injured tourists and their families. We wish the injured guests a speedy recovery.

It is a sad day and words fail us. However, it is not easy to analyse what happened without hundreds of words. It is important to go back to a November night in 1978 when a pistol-carrying band of terrorists came to power in the Maldives, and how their ridiculous policies have created violence, hatred and extremism in our community.

It is easy to point fingers and blame. It is easy to say that those who have been urging a boycott of tourism should be responsible for what happened in addition to the perpetrators of this crime. Let there be a distinction made that those who were promoting a boycott were not advocating an entire boycott of tourism but a selective boycott. They were advocating for a boycott of selective resorts belonging to the cronies of the regime. Those who were promoting this boycott had highly debatable standards and procedures when it came to selecting the resorts and removing the resorts from the boycott list. But let us not forget that it was a selective boycott.

We don't see any link between the boycott and what happened on September 29. But we see too many links between what happened on that November night in 1978 and what happened on Saturday.

Additional information
http://www.minivannews.com/news/news.php?id=3687
Read more

Friday, September 28, 2007

Wear red today to show support for Burma's peaceful protests


The biggest threat to the military junta in Burma has come when thousands of monks and other people supporting freedom started marching peacefully against the military rule. Today (Friday, September 28) people are wearing red shirts or red dresses worldwide to show their support for the peaceful protests in Burma. The event is organized through a Facebook group.

Like Maldivians the people of Burma are also suffering under a brutal dictatorship. Show that Maldivians care about the people of Burma by wearing red today. We are promoting this event through our Facebook group Idhikeeli Maldives.

Join a worldwide campaign to show support for the cause of freedom in Burma. Wear red today and upload a picture of yourself to the Red Shirt for Burma Picture Group to show your support.

You can also upload photos to the Red Shirt for Burma Flickr pool.
Read more

Saturday, September 22, 2007

Vigil held to remember torture victim and stand up against torture

A vigil to remember torture victim Eavan Naseem and raise voices against torture was held in the night of September 19 in Male'. The event was initiated by Idhikeeli and supported by people against torture.

In the night of September 19, 2003, at the young age of 19, Eavan Naseem, an inmate of Maafushi Jail in the Maldives, was brutally beaten to death by prison guards of NSS. His death caused riots in prison next day and NSS shot prisoners killing and wounding inmates. On September 20, Male' went into a riot and brought the birth of a pro-democracy movement.

The event was primarily promoted through Facebook. We created an event at Facebook on September 14. Within just six days the event was one of the most popular in the Maldives network of Facebook. When the event began at 9.00 pm 87 people had confirmed to attend, and 72 people indicated that they might attend. The number of people not attending the event remained at 360 and 660 people had not replied. More than 1,100 people were invited within six days with the support of Facebook users and admins of Facebook groups. When the event was created there were close to 5,000 members in the Maldives network in Facebook. The number of people not attending and the number of people who were invited included those not in the country.

Because of the repressive nature of police, the number of people who indicated they were not attending and those who did not respond in either way do not truly reflect the support for such an event.

However, relatively few people turned up for the vigil. This has been criticised by one Facebook user who says the people are indifferent to torture prevailing in the country.

We did not give a specific location for the event but requested the people to sit on the seawall around Male' at any location they wanted. Most people turned up at the southeast corner of Male' which is a popular gathering point for reformists. The time of the event was from 9.00 pm to midnight.

Several pro-democracy activists participated including Aishath Aniya and Jennifer Latheef. Eavan's mother Mariyam Manike participated in the vigil to remember her son.

We requested bloggers to cover this event and photographers to upload photos to Flickr. One Flickr user has uploaded two photos of the event including one of Mariyam Manike sitting on the seawall.


The event went peacefully. There were police vans circling around and at one point they inquired what was going on. However, there were no confrontations. A heavy downpour later could have affected some of the activities planned. We had encouraged groups of participants to come up with their own creative ideas for the event which we called an "open source event."

This event is a success and we plan to have the same event next year with more people and new activities to mark 9/19.
Read more

Tuesday, September 18, 2007

Vigil to be held in Male' to remember torture victim Eavan Naseem

In the night of September 19, 2003, at the young age of 19, Eavan Naseem, an inmate of Maafushi Jail in the Maldives, was brutally beaten to death by prison guards of NSS. His death caused riots in prison next day and NSS shot prisoners killing and wounding inmates. On September 20, Male' went into a riot and brought the birth of a pro-democracy movement.

To remember the death of Eavan Naseem, we are organising a vigil for the night of September 19 this year. People can sit on the seawall around Male' (thoshigandu) in Boduthakurufaanu Magu from 9 pm to 12 am. There is no specific point. You can sit on the seawall at a location close to your home or any area you prefer. This is a peaceful vigil. You can bring candles if you want. You can wear t-shirts bearing messages if you want. You don't have to continue the vigil from 9 pm to 12 am. It is okay even if you join anytime in between and leave before 12 pm.

We need the help of photographers to take photos and upload to your Flickr accounts. You can also take video clips and upload to YouTube. This is not a political event. This is an event organised because we are against torture. Standing up against torture means you are supporting humanity.

This event has been primarily promoted through Facebook. Visit this event's page at Facebook and join, and invite all your Facebook friends.

This is an "open source event". Like open source software to which you can add plugins and extensions and modify the source code to make it better. Those attending can add new flavours to the event such as banners and t-shirts. You can get an old t-shirt and write on it using a permanent marker. This is cheaper but effective. Be creative with what you write. You can also go there in your evening dresses and shirts/-t-shirts. What is important is to sit on seawall to show that you are against torture. You don't have to spend a dime for the event if you don't want to do it.

This event is a non-violent and peaceful action. We will follow internationally accepted guidelines for non-violent action. Participants can read a guideline (in Dhivehi language) from the website of Gaumataka Movement.

We request all bloggers to promote this event in their blogs. Give a link to the Facebook event page from your blogs. Write a blog post about the event both before and after the event.

Start sending SMS to your friends about the event. Something like "Sit on seawall (thoshigandu) around Male' in Boduthakurufaanu Magu in the night of 19 September, between 9 pm and 12 am, and join a vigil to mark the 4th anniversary of killing of Eavan Naseem. Raise your voice against torture".

We have been asked why we are holding a vigil to mark the killing of Eavan Naseem. We have been asked why he is so special. Here are our replies.

Eavan was not special. He was just one among many of our youth lured into drugs by the regime, and ended up in prison. He was one among many who were tortured. What made his name a household name was the fact that the Maldivian public saw bruises and injuries on his body. They realised that torture is not just another allegation and that it was the dark reality. We are not trying to elevate Eavan to a cult hero status. We are marking the day he was killed, to say loudly that we do not support torture. Eavan was a victim of circumstances like so many of us. He may not have lived an exemplary life. But he was a torture victim. And he was a human being.

Eavan was not special. He was just another ordinary young boy from an ordinary family. His neighbourhood (Red Line City) has seen many of their youth end up in prison. Two other young people from that neighbourhood (Aishath Sudha and Ali Shahir) were also tortured and killed in prison. Eavan need not be special. The bruises on his body caused a collective conscience to say "It is enough!". When we sit on the seawall we will be showing solidarity with families of all torture victims. Eavan's photos are symbols of all of them. Eavan's story is their story.

Eavan was not the only one who was tortured in Maldives. Visit the website of Association for Prevention of Torture and Ill-Treatment in the Maldives to find out more about torture in the Maldives.
Read more

Friday, September 14, 2007

British PR consultant continues to be an apologist for Gayoom

Minivan News has published our Letter to Editor expressing our thoughts on the outrageous comments made by British PR consultant Mr Nic Careem about the affairs of Maldives. Mr Careem has replied and his defensive letter once again shows he is an apologist for Gayoom, who he calls Dr Gayoom.

Chronology of events:

September 5, 2007: Minivan News publishes a news saying British company Blue Sky Network (founded by Mr Careem) denied running PR campaign for Gayoom.

September 9, 2007: A person with the pseudonym IM sends a Letter to Editor to Minivan News, saying Mr Careem gave undue credit to former foreign minister Dr Shaheed during Friends of Live Earth Concert held in Maldives in July.

September 10, 2007: Mr Nic Careem sends a Letter to Editor to Minivan News, defending promoting Dr Shaheed. He also said "The truth is the Maldives is, compared to many countries in the region, relatively well off with one of the highest GDP's in the region, with literacy levels on par with more developed countries and a healthcare and penal system as good as anything in the western world."

September 11, 2007: Idhikeeli sends a Letter to Editor to Minivan News in which we gave counter arguments for Mr Nic Careem's outrageous remarks.

Torture victim Abdullah Mahir, who has received political asylum in UK, responds to Mr Nic Careem, in an open letter to Mr Careem published in Minivan News. Mahir criticizes Mr Careem for comparing the healthcare system in the Maldives to that of NHS.

September 12, 2007: Mr Nic Careem replies in a Letter to Editor to Minivan News in which he continues to be an apologist for Gayoom. His response shows either his utter ignorance about the affairs of the Maldives or his willingness to intentionally ignore what is happening in the Maldives.

September 13, 2007: Ali Sameeu sends a Letter to Editor to Minivan News in which he questions why Mr Nic Careem was addressing Maldives president as Dr Gayoom.

Read more

Monday, September 03, 2007

ވޯޓު އޮޅުވާލީމާ ޖެހޭނީ މުޒާހިރާ ކުރަން

އޮގަސްޓް 18 ވަނަ ދުވަހު ރާއްޖޭގައި ނެގި އާންމު ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުން މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ގަބޫލުކުރެވޭ ކިތަންމެ ސަބަބެއް އެބަހުއްޓެވެ. އިދިކީލި ގްރޫޕްގެ ފަރާތުން މަސައްކަތް ކުރަމުން އައީ ރާއްޖެއަށް ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއް ގެނައުމަށެވެ. ނަމަވެސް އެމަގުސަދު ހާސިލުކުރަން ބޭނުންވީ އޮޅުވާލާފައިވާ ވޯޓަކުންނެއް ނޫނެވެ. ވޯޓު އޮޅުވާލުމަކީ ވަރަށް ބޮޑު ކުށެކެވެ. އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތައް އަދުލު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެއެވެ. އަދި ވޯޓު އޮޅުވާލުމާއި ދެކޮޅަށް އެމްޑީޕީ އިން ކުރި މުޒާހިރާއަށް ތަރުހީބު ދެމެވެ. އަދި އިތުރު މުޒާހިރާ ވެސް ކުރާނެ ކަމަށް އުއްމީދު ކުރަމެވެ. އެމްޑީޕީ އިން އޮގަސްޓް 18 ވަނަ ދުވަހުގެ ކުރިން ކެމްޕޭން ކުރަމުން އައީ ވަރަށް ވެސް ހަޑި މުޑުދާރު ގޮތަކަށެވެ. އެއީ ރައްޔިތުންނަށް އޮޅުވާލާފައި ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމު ކިޔާދެމުން ދިޔައީއެވެ. މިފަދަ އޮޅުވާލުންތައް އެހެން ބައެއް ސިޔާސީ ޕާޓީތަކުން ވެސް ބޭނުންކުރިއެވެ. އިދިކީލި އަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މައުތު ޕީސް އެއް ނޫނެވެ. ސިޔާސީ ޕާޓީތަކުގެ ހަޑިމުޑުދާރު ކަންތައް ހާމަކުރަމުން ގެންދާނަމެވެ. އަދި ވަކިން ހާއްސަކޮށް ރައްޔިތުންނަށް އިސްލާހު ގެނެސްދިނުމުގެ ނަމުގައި އޮޅުވާލާ އޮޅުވާލުންތައް ހާމަކުރާނަމެވެ. އަހަރެމެންގެ ކުރިމަތީގައި ދެން އޮތީ ރިޔާސީ ނިޒާމެއްގެ އަސާސީ ސިފަތައް ގާނޫނު އަސާސީގައި ބަޔާންކުރޭތޯ ޔަގީން ކުރުމެވެ. ރާއްޖެއަށް ތިންބާރު ވަކިވެފައިވާ ނިޒާމެއް ގެނައުމުގެ މަސައްކަތް ނިމުނު ވޯޓާއި ހަމައިން ނިމުނީއަކީ ނޫނެވެ. އެމަސައްކަތް އަދި ކިރިޔާ ފެށުނީއެވެ. ރިޔާސީ ނިޒާމެއްގައި ރާއްޖޭގައި އޮންނަން ޖެހޭނެ ކަމަށް ފެންނަ އަސާސީ ސިފަތައް ވަރަށް އަވަހަށް ހާމަކުރާނަމެވެ. މިސިފަތައް ގާނޫނު އަސާސީގައި ބަޔާންކުރުވުމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުންނަށް ޕްރެޝަރ ކުރުމުގައި ތިޔަ ފަރާތްތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ.

ވޯޓު އޮޅުވާލާފައިވާ ކަމަށް އެމްޑީޕީ އިން ދައްކާ ހެކިތައް

Read more

Sunday, August 12, 2007

ރިޔާސީ ނިޒާމް

ލިޔުނީ: އަބްދުﷲ ޝިނާން، ޝާއިއުކުރީ: އައްޑުވަސް 2007

ރިޔާސީ ނިޒާމަކީ އެ ނިޒާމެއްގައި ރައްޔިތުން އިންތިހާބްކުރާ (ސީދާ ގޮތުން ވިޔަސް އަދި ނުސީދާ ގޮތުން ވިޔަސް) ރައީސަކު ދައުލަތުގެ ވެރިއެއްގެ ހައިސިއްޔަތުން ، ކަނޑައެޅިފައިވާ މުއްދަތެއްގެތެރޭ ވެރިކަމުގެ އެންމެހައި ބާރުތައް މިލްކުރައްވައިގެން ހިންގަވާ ވެރިކަމުގެ ނިޒާމެކެވެ. މަތީގައި ބަޔާން ކުރެވިފައިވާ ފަދަ ފުރިހަމަ ރިޔާސީ ނިޒާމެއްގެ އަސްލު ބިނާވެފައި އޮންނާނީ މަޝްހޫރު ފިލޯސަފަރ މޮންޓެސްކޫގެ ތިންބާރު ވަކިކުރާ ނަޒަރިއްޔާ (ސެޕަރޭޝަން އޮފް ޕަވަރސް)ގެ މައްޗަށް ބިނާވެފައެވެ. ހަމަ އެއާއިއެކު ދައުލަތުގެ އެންމެ އިސްވެރިޔާ އާއި އެ ބޭފުޅާގެ ވަޒީރުން ހުރިހާކަމެއްގައި ޤާނޫނުހަދާ މަޖްލީހަށް ކިޔަމަންވެ ބަރޯސާވާކަށް ނުޖެހެއެވެ. މި ނިޒާމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ތަޖުރިބާ ކުރަމުން އަންނަ ވެރިކަމުގެ ނިޒާމެކެވެ. މި ގައުމުތަކުގެ ތެރޭގައި ބްރެޒިލް، އާރޖެންޓީނާ، ޗިލީ، މެކްސިކޯ، ފިލިޕީންސް އަދި ސައުތު ކޮރެޔާ ހިމެނެއެވެ. ނަމަވެސް މިއަދުގެ ސުޕަރ ޕަވަރ އެމެރިކާ ބެލެވިފައިވަނީ މި ނިޒާމް ގާއިމްކޮށް މި ނިޒާމްގެ ސިފަތައް ދިރުވާ އާލާކުރުމަށް އެންމެ ބާރުއަޅާ ގައުމުކަމަށެވެ. އެހެންކަމުން މި ނިޒާމް އެންމެ ފުރިހަމައަށް ޤާއިމްކޮށް އޭގެ ފައިދާއާއި މަންފާ އެޤައުމުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބެމުންދާކަން އެމެރިކާ މިއަދު އެދަނީ ދުނިޔެއަށް ހާމަކޮށްދެމުންނެވެ.

ފުރިހަމަ ރިޔާސީ ނިޒާމެއްގައި ހުންނަންޖެހޭ މުހިއްމު އަސާސީ ސިފަތަކަކީ:

1 - ރައީސްގެ ހަޤީޤީ ބާރު

މި ނިޒާމުގައި ޤައުމުގެ ވެރިކަމުގެ ހުންގާނުގައި ނުވަތަ ވެރިކަމުގެ ދާއިރާގައި (އެގްޒެކެޓިވް) ކަނޑައެޅިފައިވާ ވަކިމުއްދަތެއް ހަމަވަންދެން، ފުރިހަމަ ބާރާއެކު ދައުލަތުގެ އަދި ސަރުކާރުގެ އިސްވެރިއެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވާނީ ރައްޔިތުން އިންތިހާބްކޮށްފައިވާ އެބައިމީހުންގެ ރައީސްއެވެ. މިސާލަކަށް އެމެރިކާގައި ނަމަ ރައްޔިތުން އެބައިމީހުންގެ ރައީސް ކޮންމެ 4 އަހަރަކުން އެއްފަހަރު އިންތިހާބް ކުރެއެވެ. މިގޮތަށް ރައީސް އިންތިހާބް ކުރާއިރު އެ މީހަކަށް އެންމެ ގިނަވެގެން ރައީސް ކަން ކުރެވޭނެ މުއްދަތެއް އޮންނާނީ ޤާނޫނު އަސާސީގައި ބަޔާންކުރެވިފައެވެ. މިސާލަކަށް އެމެރިކާގައި އެންމެ ދިގުމުއްދަތަކަށް ރައީސްކަން ކުރެވޭނީ 4 އަހަރުގެ2 ދައުރެވެ. ޖުމްލަ 8 އަހަރެވެ.

މިނިޒާމުގައި ރައީސަށް އޭނައަށް ލިބިފައިވާ ބާރުތަކުގެ މަތިން އޭނާގެ ވަޒީރުން އެއްމަގާމުން އަނެއް މަގާމަށް ބަދަލުކުރުމާއި އަދި ވަޒީރުން ވަޒީރުކަމަށްއައްޔަން ކުރުމާއި ވަޒީރުން ވަޒީރުކަމުން ވަކިކުރުން ހިމެނެއެވެ. އަދި ޤައުމީ ސިޔާސަތު އެކުލަވާލުމާއި ހަނގުރާމަ އިއުލާން ކުރުމާއި ޤައުމުގައި ކުއްލިހާލަތު އިޢުލާންކުރުމާއި އަދި ޤާނޫނާއި ގަވާއިދު ހިފަހައްޓަން ކުރަންޖެހޭ ހުރިހާކަމެއް ކުރުމުގެ ފުރިހަމަ ބާރު އޮންނާނީ ރައީސްގެ އަތްމަތީގައެވެ.

2 - ވެރިކަން ހިންގާބާރާއި (އެގްޒެކެޓިވް) ޤާނޫނު ހަދާ މަޖްލިސް (ލެޖިސްލޭޗަރ) ވަކިވެ މިނިވަންވެފައި އޮތުން

މިނިޒާމުގައި ރައީސާއި ވަޒީރުން ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ ގޮތުގައެއް ނުތިއްބެވޭނެއެވެ. މިގޮތުން ރައީސް ޤާނޫނުހަދާ މަޖްލީހުގެ މެންބަރަކަށް ވަޒީރުކަން ދެއްވައިފިނަމަ އެބޭފުޅަކު ޖެހިވަޑައިގަންނަވާނީ ޤާނޫނުހަދާ މަޖްލީހުގެ ގޮނޑި ދޫކޮށްލައްވާށެވެ. މިސަބަބާހުރެ ރައީސް އާއި އޭނާގެ ވަޒީރުން ޤާނޫނުހަދާ މަޖްލީހުގައި ހިނގާ ބަހުސްތަކުގައި ބައިވެރިއެއް ނުވާނެއެވެ. އަދި ނުވެސް ވެވޭނެއެވެ. ނަމަވެސް ބައެއްކަހަލަ މުހިއްމު މައްސަލަތަކުގައި ރައީސް ޤާނޫނު ހަދާމަޖްލީހުގައި ތަގުރީރު ކުރައްވައެވެ. އަދި ހަމައެހެންމެ އަނެއްބައި ފަހަރުތަކުގައި ރައީސް ޤާނޫނު ހަދާ މަޖްލީހަށް ހާޒިރުނުވެ އެމައްސަލައަކާއި ގުޅޭ "ބަޔާނެއް" ނުވަތަ 'ލިޔުމެއް" ވެސް ހުށަހަޅާފާނެއެވެ. މިގޮތަށް ރައީސް ފޮނުއްވަވާ "ބަޔާންތައް" ބަލައިގަތުމާއި ނުގަތުން ބިނާވެފައި އޮންނާނީ ޤާނޫނު ހަދާ މަޖްލީހުގެ މެންބަރުންގެ އަތްމަތީގައެވެ. ބައެއްހާލަތުތަކުގައި ވަޒީރުންވެސް ޤާނޫނު ހަދާ މަޖްލީހުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. ނަމަވެސް މިއިން އެއްވެސް ވަޒީރަކަށް ޤާނޫނު ހަދާ މަޖިލީހުގައި ވޯޓު ދިނުމުގެ ހައްގެއް ނޯންނާނެއެވެ. އަހަރީ ބަޖެޓް ކަނޑައަޅައި ޤާނޫނު ހަދާ މަޖްލީހަށް ހުށަހަޅާނީ ސީދާ ރައީސްއެވެ. ނަމަވެސް ޤާނޫނު ހަދާ މަޖްލީހަށް ފެންނަ ހިދެއްގައި އެއިން ބައިބައި އުނިކުރުމުގެ އިހްތިޔާރު އޮވެއެވެ. ހަމަ މިގޮތަށް ޤާނޫނުހަދާ މަޖްލީހުން ފާސްކުރާ ބިލާ ދެކޮޅަށް ވީޓޯ ކުރުމުގެ ބާރު ރައީސަށް އޮވެއެވެ. މިގޮތުން ރައީސް ޤާނޫނު ހަދާ މަޖްލީހުން ފާސްކުރާ ބިލަކާ ދެކޮޅަށް ވީޓޯގެ ބާރު ބޭނުން ކުރައްވައިފިއްޔާ އަލުން އެބިލް އަނބުރާ ގެންގޮސް އިސްލާހު ކުރުމަށްފަހު ޤާނޫނު ހަދާ މަޖްލީހުގެ ހާއްސަ އަޣުލަބިއްޔަތަކުން ފާސްކުރެވިދާނެއެވެ. އެހެންކަމުން މިފަދަ ނިޒާމެއްގައި ވެރިކަން ހިންގާފަރާތާއި ޤާނޫނު ހަދާ މަޖްލިސް އޮންނާނީ މުޅިން މިނިވަންވެފައެވެ.

3- ޗެކް އެންޑް ބެލެންސް ސިސްޓަމް (އެއްބާރު އަނެއްބާރަށް ފާރަލާ ބެލުން)

ރައީސް އޭނާއަށް ލިބިފައިވާ ބާރު ބޭނުން ކުރައްވައި "ހުދްމުހްތާރު" ސިޔާސަތެއް ގެންގުޅުއްވާނަމަ އެކަންބަލާ ހުއްޓުވޭނެ ފަދަ ނިޒާމެއް ގާއިމްވެފައި އޮތުން މުހިއްމެވެ. މިގޮތުން ޗެކް އެންޑް ބެލެންސް ސިސްޓަމަކީ (އެއްބާރު އަނެއްބާރަށް ފާރަލާ ބެލުން) މިފަދަ ކަންކަން ބެލުމަށް އޮތް ވަރަށް ރަގަޅު ހައްލެކެވެ. މި ނިޒާމުގައި މައިގަޑު ތިންބާރު ކަމުގައިވާ ސަރުކާރު ހިންގުމުގެ ބާރާއި ޤާނޫނު ހާދާ މަޖްލީހުގެބާރާއި އަދި އަދުލްއިންސާފް ޤާއިމްކުރުމުގެ (ޝަރުޢީ އިދާރާ) ބާރުން އެއްބާރު އަނެއްބާރަށް ފާރަލާ ބަލާ ޗެކްކުރެވޭނެއެވެ. މިސާލަކަށް އެމެރިކާގައި ރައީސް މަގާމްތަކަށް އައްޔަން ކުރައްވާ ބޭފުޅުންނާއި، ޤައުމުތަކުގެ މެދުގައި ކުރެވޭ މުޢާހަދާތަކުގައި ސޮއިކުރެވޭނީ ސެނެޓުގެ(މަޖްލީހުން) ތާއީދުލިބިގެންނެވެ. އަދި ހަމައެކަނި ރައީސް އެފަދަ އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުންވިކަމުގައި ވިޔަސް ސެނެޓުގެ ރުހުމާއިނުލާ އެ މަޤްޞަދް ހާސިލެއްނުވާނެއެވެ. އަދި ކޮންގްރެސުން (ޤާނޫނު ހަދާ މަޖްލިސް) ފާސްވާ ބިލްތައް ތަސްދީގު ކުރެވޭނީ ރައީސްގެ ހުއްދައާއި އެކުއެވެ. އަދި ހަމަ ކޮންގްރެސުން ބިލެއް ފާސްކުރިކަމުގައި ވިޔަސް އެއާއި ދެކޮޅަށް ވީޓޯ ކުރުމުގެ ބާރު ރައީސްއަށް ލިބިގެންވެއެވެ. ކޮންގްރެސުން ފާސްކުރާ ޤާނޫނަކީ ނުވަތަ ރައީސް ނެރުއްވާ ޤަރާރަކީ ޤާނޫނު އަސާސީއާއި ފުށުއަރާ އެއްޗެއްކަމަށް ވަނީނަމަ އެފަދަ ޤާނޫނުތަކާއި ނުވަތަ ޤަރާރުތައް ހުއްޓުވައި އެކަމާދެކޮޅަށް އަޑުއުފުލުމުގެ އިހުތިޔާރު އަދުލްއިންސާފު ޤާއިމްކުރާ އިދާރާއަށް ލިބިގެންވެއެވެ. ނަމަވެސް މިފަދަ ނިޒާމެއް ކާމިޔާބު ކަމާއެކު މަސައްކަތްކުރާނީ ފިސާރި މިނިވަންކަމާއިއެކު ތިން ބާރު ވަކިކުރެވިފައިވާނަމައެވެ.

4 – ރައީސްކަމުން ވަކިކުރުން

މިނިޒާމުގައި ރައީސް، ރައީސްކަމުގެ މަޤާމުން ، އޭނާގެ ވެރިކަމުގެ ދައުރު ހަމަވުމުގެ ކުރިން ބޭލޭނެ ގޮތަކީ ގާނޫނާއި ގަވާއިދުތައް މުގުރާ މަޤާމުގެ ހުވަޔާ ހިލާފްވުމެވެ. މިގޮތުން ރައީސްކަމުގެ ހުވާގައި ތިމަންނަ (ރައީސް) ދައުލަތުގެ ޤާނޫނު އަސާސީއަށް ރައްކާތެރިވެ އެ ޤާނޫނު އަސާސީ ދިފާއުކޮށް ހިމާޔަތްކުރާނޭކަމަށް ބުނެއެވެ. މި ހުވަޔާ ހިލާފުވެއްޖެ ހިނދެއްގައި ރައީސް، ރައީސްކަމުން ވަކިކުރުމަށް ޤާނޫނު އަސާސީ ގައި ކަޑައެޅިފައިވާ އުސޫލްތަކުގެ މަތިން މަސައްކަތް ކުރިޔަށް ގެންދެވޭނެއެވެ. މިސާލަކަށް އެމެރިކާގައި ރައީސް، ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން މަގާމްގެ ހުވަޔާ ހިލާފްވިތޯ ނުވަތަ ނޫންތޯ ނިންމަނީ ޤާނޫނު ހަދާ މަޖްލީހުންނެވެ. ނަމަވެސް ރައީސް މަޤާމްގެ ހުވަޔާ ހިލާފްވިތޯ ނުވަތަ ނޫންތޯ ބަލަންކުރާ މަސައްކަތް ފައްޓާ ހުށަހަޅާނީ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމުގައިވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއެވެ. މި މައްސަލާގައި ރައީސްގެ މައްޗަށް ކުރާ ހުރިހާ ދައުވާއެއް ހުށަހަޅާނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިންނެވެ. މިދަޢުވާއަށް ރައްދުދީ ރައީސް ވާހަކަދައްކާނެއެވެ. މިވާހަކަތައް އަޑުއެހުމަށްފަހު މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ސެނެޓުގެ 3/2 އަޣުލަބިއްޔަތު ބޭނުންވާނެއެވެ.

މިނިވަން ވަކީލެއް ކަމުގައިވާ ކެނެތު ސްޓާރ 1998 އަހަރު ރައީސް ބިލް ކްލިންޓަން ރައީސް ކަމުގައި ހުންނަވައިގެން ރައީސް ކަމުގެ ހުވަޔާއި ހިލާފަށް މޯނިކާ ލުވިންސްކީގެ މައްސަލާގައި އިތުރުފުޅު ހައްދަވާފައިވާކަމަށް ސާބިތުވާކަމަށާއި މީގެ ދަށުން ރައީސް މަގާމުން ދުރުކުރެވިދާނެ ކަމަށް ބުނެ ވަރަށް ދިގު ރިޕޯޓެއް ހާމަކުރިއެވެ. ކެނެތު ސްޓަރގެ ރިޕޯޓްގައި ހުވަޔާ ހިލާފްވުމުގެ ސަބަބުން 11 މައްސަލަ ކްލިންޓަންގެ މައްޗަށް ހުށަހަޅާފައިވެއެވެ. މިގޮތުން މަގާމްގެ ހުވަޔާ ހިލާފްވެ އިތުރުފުޅު ހެއްދެވުން، ބާރުގެ ބޭނުން ކުރެއްވުން، މައްސަލައިގެ އަސްލު ހާމަކުރުމަށް ކުރެވުނު މަސައްކަތަށް ހުރަސްއެޅުން ހިމެނެއެވެ. ނަމަވެސް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން (ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް) ފާސްވީ ކްލިންޓަންގެ ދެ މައްސަލައެއް ބެލުމަށެވެ. އެއީ ރައީސް ކަމުގެ ހުވާކުރައްވައިގެން ހުރެ އިތުރުފުޅު ހެއްދެވުމާއި މައްސަލައިގެ އަސްލު ހާމަކުރުމަށް ކުރެވުނު މަސައްކަތަށް ހުރަސްއެޅުމެވެ. މި މައްސަލަ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެއަށް (ސެނެޓަށް) ހުށަހެޅި އެކަމަށް ބަހުސްކުރެވި އެ ދެމައްސަލައިގައި މެންބަރުން ނިންމެވީ: ރައީސް މަގާމުގެ ހުވާ ކުރައްވައިގެން ހުރެ އިތުރު ފުޅު ހެއްދެވިކަމަށް ނެގުނު ވޯޓުގެ ނަތީޖާއަކީ 45 މެންބަރުން ފެންނަކަމަށް 55 މެންބަރުން ނުފެންނަކަމަށެވެ. މައްސަލައިގެ އަސްލު ހާމަކުރުމަށް ކުރެވުނު މަސައްކަތަށް ރައީސް ހުރަސްއެޅުއްވި ކަމަށް ނެގުނު ވޯޓުގެ ނަތީޖާއަކީ 50 މެންބަރުން ފެންނަކަމަށް 50 މެންބަރުން ނުފެންނަކަމަށެވެ. އެހެންކަމުން އެއިން އެއްވެސް ކަމެއް ކްލިންޓަންގެ މައްޗަށް ފާސްކުރުމަށް ބޭނުންވާ 67 ވޯޓްގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ސެނެޓްގައި ރައީސްގެ މައްޗަށް މައްސަލައެއްގައި ކަމެއް ފާސްކުރުމަށް ސެނެޓުގެ 100 މެންބަރުންގެ ތެރެއިން 67 މެންބަރުންގެ ތާއީދު ހޯދަންޖެހެއެވެ. އެއީ ސެނެޓުގެ 3/2 ތާއިދެވެ.

އެމެރިކާގެ 37 ވަނަ ރައީސް ރިޗަރޑް ނިކްސަން މަޝްހޫރު "ވޯޓަރ ގޭޓް" މައްސަލަގައި ބައިވެރިވެޑައިގަތް ކަން އެގުމާއިއެކު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމުގައިވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން 3 މައްސަލައެއް ނިކްސަންގެ މައްޗަށް ހުށަހެޅުނެވެ. އެއީ ޤާނޫނާއި ހިލާފަށް ރައީސް ކަމުގެ ބާރު ބޭނުންކުރެއްވުމާއި މައްސަލައިގެ އަސްލު ދެނެގަތުމަށް ކުރެވުނު މަސައްކަތަށް ހުރަސްއެޅުމާއި މަޖިލީހުގެ ކުރިމައްޗަށް ހާޒިރުވުމަށް ކުރެއްވި އަމުރުތަކަށް ނުކިޔަމަންތެރިކަން ދެއްކުމެވެ. މި މައްސަލަތައް ތިރިގޭގެ ޖުޑީޝަލް ކޮމެޓީން ބަލައިގަތުމާއިއެކު ޖެހިގެން އައި މަހު އެމެރިކާގެ ގަދަފަދަ ރައީސް ނިކްސަން މަގާމުން އިސްތިއުފާދެއްވިއެވެ. މައްސަލަ މަތިގެއަށް (ސެނެޓް) ހުށަހަޅައި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ގޮތެއް ނިންމެވުމުގެ ކުރިން ނިކްސަން އިސްތިއުފާ ދެއްވުމުން އެގެނީ ޤާނޫނު ހަދާ މަޖިލީހުގައި އެބޭފުޅާ ދިފާއުކޮށް ވާހަކަދެއްކުމަށް ގިނަ މެންބަރުން ތާއީދު ނުކުރައްވާކަމާއި އެބޭފުޅާ ނިސްބަތްވާ ރިފަބްލިކަން ޕާޓީގެ މެންބަރުންނާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންވެސް އެބޭފުޅާގެ މައްޗަށް އުފުލިފައިވާ މައްސަލައަކީ ރަގަޅު މައްސަލައެއްކަމަށް ބަލާ އެއުފުލިފައިވާ މައްސަލައާއި އެއްކޮޅަށް ވޯޓުދެއްވާނެކަން ޔަޤީންވީމައެވެ.

5 - ވަޒީރުން ޖަވާބްދާރީ ވާންޖެހުން

ފުރިހަމަ ތިންބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއްގައި ވަޒީރުންނަށް މަޖްލީހުގައި ދައުރެއް ނޯވެއެވެ. އެހެންކަމުން އެފަދަ ނިޒާމެއްގައި ވަޒީރުން ހާޒިރުކުރެވޭނީ މަޖްލީހުން އެކުލަވާލާފައިވާ ކޮމެޓީއެއްގެ ކުރިމައްޗަށެވެ. މި ކޮމިޓީތަކުގެ ބޭފުޅުންނަކީ އެ ކޮމިޓީގެ ދާއިރާ ފިޔަވައި އެހެން ދާއިރާގެ ކަންކަން ބަލާ ބޭފުޅުންނެއްނޫނެވެ. މިސާލަކަށް މިހާރުގެ އެމެރިކާގެ ހާރިޖީ ވަޒީރު މަގާމަށް އައްޔަނުކުރުމުގެ ކުރިން ޤާނޫނު ހަދާ މަޖްލީހުގެ ސެނެޓް ފޮރިން ރިލޭޝަންސް ކޮމިޓީގެ ކުރިމައްޗަށް ހާޒިރުކުރެވި ހާރިޖީ ދާއިރާގެ ތަޖުރިބާއާއި މައުލޫމާތު އެކަމަނާއަށް ލިބިލައްވާފައިވަނީ ކިހާވަރަކަށްތޯ އެބޭފުޅުން ބައްލަވާ ސުވާލުކުރެއްވިއެވެ. މިސާލަކަށް މިހާރުގެ އެޓާނީ މައްސަލަ ބޮޑު ބުޝްގެ ތާއީދު އޮތް އެޓާނީ ޖެނެރަލް ރޮބަރޓޯ ގޮންޒާލެސް ސެނެޓް ޖުޑީޝަލް ކޮމެޓީއަށް ހާޒިރުކުރެވި ސަރުކާރުން ހިންގާ "ސިއްރު ފޯންކޯލްތައް އަޑުއެހުމުގެ ޕްރޮގްރާމް" ބެހޭ ގޮތުން ސުވާލުކޮށް އެކަމުގައި ހޯދަންޖެހޭ ޤާނޫނީ ހުއްދައާއި މެދު ސުވާލު އުފައްދާފައި ވެއެވެ. ސެނެޓް ޖުޑީޝަލް ކޮމެޓީން 27 ޖޫން 2007 ވަނަ ދުވަހު ވަނީ ޖަސްޓިސް ޑިޕާޓްމަންޓަށާއި ވައިޓް ހައުސް އަދި ނައިބު ރައީސް ޑިކް ޗޭނީއަށް އެ ޕްރޮގްރާމާއި ބެހޭ ހުރިހާ މައުލޫމާތަކާއި އެ ޕްރޮގްރާމްގެ ދަށުން ނާސާ އާއި ވެވިފައިވާ އެއްބަސްވުމާއި ބެހޭ ހުރިހާ މައުލޫމާތެއް ކޮމެޓީއަށް ހުށަހެޅުމަށް އަމުރު ނެރެފައެވެ. މައްސަލަ މި ހިސާބުގައި އޮތްއިރު ޤާނޫނު ހަދާ މަޖްލީހުގެ ޑިމޮކްރެޓިކް ޕާޓީއަށާއި ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މެންބަރުން ތަކެއް މިހާރު ވަނީ އެޓާނީ ޖެނެރަލް އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. މިފަދަ ނިޒާމެއްގައި މިފަދަ ކޮމެޓީތަކަށް ވަރަށް ބޮޑެތި ބާރުތަކެއް ލިބިގެންވެއެވެ.

ރިޔާސީ ނިޒާމުގައި ކަންކަން މިހިނގަނީ ބަރުލަމާނީ ނިޒާމުގައި ކަންކަން ހިގާގޮތާއި މުޅީން ދިމާ އިދިކޮޅަށެވެ. އެހެންކަމުން މީގެތެރެއިން އެއްނިޒާމުގެ މޮޅުކަންތައްތަކަކީ (އެޑްވާންޓޭޖަސް) އަނެއްނިޒާމުގެ ބަލިފައި (ޑިސްއެޑްވާންޓޭޖަސް) ތަކެވެ. މީގެތެރެއިން ކޮންމެ ނިޒާމެއް އޮތްކަމުގައި ވިޔަސް އެ ނިޒާމެއް ބިނާވެފައި އޮންނަންވާނީ އެބައެއްގެ ސިޔާސީ އާދަކާދައާއި ސިޔާސީ ކުރިމަގުގެ މައްޗަށް ބަލާފައެވެ.

ރިޔާސީ ނިޒާމުގައިވެސް އެ ނިޒާމުގެ މޮޅުކަންތައްތައް ހުންނަ ބީދައިން ބަލިފައިތަކެއް ހުރެއެވެ. މިތާގައި މިގެނެސްދެނީ ރިޔާސީ ނިޒާމުގައި ހުރި މޮޅުކަންތައްތަކެވެ.

1 – ރައީސްކަމުގެ ދައުރު ހަމަ ކުރުން

ރައީސް އިންތިހާބް ކުރެވިފައި ހުންނާނީ ކަނޑައެޅިފައި އޮންނަ ވަކި މުއްދަތަކަށެވެ. ރައީސް ކަމުގައި ދެމިހުރުމުގެ ދައުރު ޤާނޫނު އަސާސީގައި އޮންނާނީ ކަނޑައެޅިގެން ބަޔާންކޮށްފައެވެ. ގިނަ ގައުމުތަކުގައި އެއީ 4 ނުވަތަ 5 އަހަރުގެ ދެދައުރެވެ. އޭގެކުރިން ރައީސް މަގާމުން ދުރުކުރުމަކީ އެހާމެ ދިގު އަދި އުދަގޫ މަސައްކަތެކެވެ. އަދި ރައީސް ކަމުގައި ދެމިހުރުމަށްޓަކައި ކޮންމެހެން ޤާނޫނު ހަދާ މަޖްލީހުގެ ރުހުމާއި މަގުބޫލުކަން ހޯދާކަށް ނުޖެހެއެވެ. އެހެންކަމުން ސަރުކާރު ހިންގުމުގައި ރައީސަށް އެއްވެސް ކަހަލަ ހީނަރުކަމަކާއި ކުރިމަތިލާކަށް ނުޖެހޭނެއެވެ. ސަރުކާރު ގެ ސިޔާސަތު ހަރުދަނާކަންމަތީ ދެމެހެއްޓޭނޭ ކަމުގެ ޔަޤީންކަން އޮންނާނެއެވެ. މަޖިލީހަށް އަންނަ ބަދަލަކުން ސަރުކާރު ހިންގުމަކަށް އެއްވެސް ބުރުލެއްނާރާނެއެވެ.

2 – ބައެއްކަހަލަ ހާލަތުތަކުގައި ރައްޔިތުންގެ ހައްގުގައި ކަންކަން އަވަސްކޮށް ނިންމުމަށް ރައީސްއަށް ލިބިފައިވާ ބާރުގެ ބޭނުން ކުރެއްވުން

ޤައުމަށްދިމާވާ ބޮޑެތި މުސީބާތްތަކުގައި އެންމެ އެދެވޭ ގޮތައް ކަންކްހިންގާ އެކަންކަމާއި އަވަހައް ކުރިމަތިލުމުގެ އިޙްތިޔާރު ރައީސަށް ލިބިގެންވެއެވެ. މިކަންތައްތައް ހައްލުކުރުމުގައި ރައީސް ކޮންމެހެން ޤާނޫނުހަދާ މަޖްލިހުގެ ބަހަކަށް ބަލާކަށް ނުޖެހެއެވެ. ހަމަ އެހެންމެ ކެބިނެޓް މެންބަރުންގެ (ވަޒީރުން) ބަހަކަށްވެސް ބަލާކަށްނުޖެހެއެވެ. ރައީސްގެ މަސްއޫލިޔަތަކަށް ވާންވާނީ ވީހާވެސް އަވަހަކަށް އަދި ވީއެންމެ ރަގަޅަކަށް ރައްޔިތުންގެ ކަންކަން ހަމަޖައްސައިދިނުމެވެ. މިކަމުގެ އެންމެ ފުރިހަމަ މިސާލަކީ 1930 ވަނަ އަހަރުގައި އެމެރިކާއަށް ކުރިމަތިވި ބޮޑު އިޤްތިޞާދީ މުސީބާތާއިގުޅިގެން (ދި ގްރޭޓް އިކޮނޮމިކް ޑިޕްރެޝަން) އޭރު އެމެރިކާގެ ރައީސަކަށް ހުންނެވި ރޫޒްވެލްޓް އެޅުއްވި ފިޔަވަޅުތަކެވެ.

3 – ރައީސަށް ޤާނޫނު ހަދާ މަޖިލީހަށް ދަނޑިބޭނުމުގެ ފުރުސަތު ނުލިބުން

ފުރިހަމަ ރިޔާސީ ނިޒާމެއް ބިނާވެފައި އޮންނާނީ ތިންބާރު ވަކިކުރެވިފައިވާ ނަޒަރިއްޔާގެ މައްޗަށް ކަމަށްވާތީ ރައީސަށް ޤާނޫނު ހަދާ މަޖްލީހަށް ދަނޑި ބޭނުމުގެ ފުރުސަތެއް ނޯންނާނެއެވެ. އަދި ރައީސަށް ޤާނޫނު ހަދާ މަޖްލީހުގެ މެންބަރުންގެ މައްޗަށް ނުފޫޒްފޯރުވުމުގެ ބާރެއްވެސް ނޯންނާނެއެވެ. އަދި ހަމަ އެހެންމެ ފުރިހަމަ ރިޔާސީ ނިޒާމެއްގައި ރައީސަށް ޤާނޫނު ހަދާ މަޖްލީހުގައި އެއްވެސް ބާރެއް ލިބިގެންނެއް ނުވެއެވެ. މިސާލަކަށް އެމެރިކާގެ ރައީސް ޖޯޖް ބުޝް ނިސްބަތްވާ ރިފަބްލިކަން ޕާޓީއަށް ނިސްބަތްވާ ޤާނޫނު ހަދާ މަޖްލީހުގެ ދެމެންބަރުން ކަމުގައިވާ ޖޯން ވޯނާރ އާއި ރިޗަޑް ލުގަރ ވަނީ ރައީސް ބުޝް އިރާޤްގައި ގެންގުޅޭ ސިޔާސަތާއި ދެކޮޅަށް ބިލެއް ޑްރާފްޓްކޮށް ހުށަހަޅާފައެވެ. ކުރީގެ ރައީސް ބިލް ކްލިންޓަން އަދި އެންޑްރޫ ޖޯންސަންއާއި ދެކޮޅަށް މިދެބޭފޫޅުން ނިސްބަތްވާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ވޯޓްދެއްވާފައެވެ. މިކަމުން އެގެނީ ޤާނޫނު ހަދާ މަޖްލީހުގެ މެންބަރުންނަކީ ރައީސްގެ ނުފޫޒުން އެއްކިބާވެފައިވާ ބައެއްކަމެވެ.

4 – ވަޒީރުންނަށް ޤާނޫނުހަދާ މަޖްލީހުގައި ރޯލެއް ނެތުމުން އޭގެ ފައިދާ ރައްޔިތުންނަށް

ހަޤީގަތުގައި ރައީސާއި އޭނާގެ ވަޒީރުންނަށް ޤާނޫނު ހަދާ މަޖްލީހުގައި ނުތިބެވޭގޮތަށް އޮތް އޮތުން އެއީ ސަރުކާރުގެ އިދާރާތައް ރަގަޅަށް ހިންގުމަށް ލިބޭފުރުސަތެކެވެ. އޭރުން ވަޒީރުންނަށް އެމީހުންނާ ހަވާލްކުރާ ވުޒާރާއެއް ހިންގާކުރިއަރުވަން އެމީހުންނަށް ލިބިފައިހުރި ހުރިހާ ވަގުތަކާއި ތަޖްރިބާއެއް ބޭނުންކުރެވޭނެއެވެ. އޭގެ ބަދަލުގައި މަޖްލީހުގެ ގޭގައި ގިނަވަގުތުތަކެއް ރައީސާއި ވަޒީރުން ހޭދަކުރާނަމަ ސަރުކާރުގެ ވުޒާރާތައް އެންމެ އެދެވޭ ގޮތަށް ހިންގުމުގައި ދަތިތަކަކާއި ކުރިމަތިވާނެއެވެ.

5 – ވެރިކަން ހިންގުމުގެ ދާއިރާގެ ތެރޭ ރައީސްއަށް ލިބިފައިވާ މިނިވަންކަން އިތުރުވުން

ޤާނޫނު ހަދާ މަޖްލީހުން ރައީސް ޤާނޫނާއި ގަވާއިދުގެ މަތިން ކަންކަން ރާވާ ގެންދާ ހިނދެއްގައި ރައީސްގެ މަސައްކަތްތަކަށް ހުރަސްއަޅާ ހުއްޓުވަން މަސައްކަތެއް ނުކުރެވޭނެއެވެ. މިގޮތުން ރައީސް މަސައްކަތް ކުރާނީ ވަރަށް މިނިވަންކަމާއެކީ ގައެވެ. ހަމަ މިއާއި އެކު ޤާނޫނު ހަދާ މަޖްލީހުގެ މެންބަރުންވެސް އެމީހުންގެ މަސައްކަތްތައް ކުރިޔަށް ގެންދާނީ ވަރަށް ހުޅުވާލެވިފައިވާ މިނިވަން ޖައްވެއްގައެވެ.

6 - ޕާޓީގެ ރައީސްކަމަށް އާދެވޭނީ އާންމު މެންބަރުންގެ ވޯޓު ކާމިޔާބު ކުރައްވައިގެން

ފުރިހަމަ ރިޔާސީ ނިޒާމެއްގައި ޕާޓީގެ ރައީސްކަމަށް ކުރިމަތިލައްވާ ބޭފުޅާއަށް ވެސް ޖެހިވަޑައިގަންނަވާނީ ޕާޓީން ކުރިމަތިލައްވާ މެންބަރުންނާއި ކުރިމަތި ލައްވައިގެން ޕާޓީގެ މެންބަރުންގެ ސީދާ ވޯޓަކުން އިންތިހާބްވާށެވެ. މިސާލަކަށް އެމެރިކާގައި މިހާރު އެދަނީ އެއިންތިހާބް ކުރިއަށެވެ. 2008 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބްގައި ޑިމޮކްރެޓުންނާއި ރިޕަބްލިކަން ޕާޓީގެ ފަރާތުން ތަމްސީލްކުރާނީ ކޮންބޭފުޅެއްތޯ ބެލުމަށް މިހާރުދަނީ ދެޕާޓީންވެސް ކުރިމަތިލެއްވި މެންބަރުންގެ މެދުގައި ވާދަވެރި ކެންޕެއިންތައް ހިގަމުންނެވެ. ޑިމޮކްރަޓިކް ޕާޓީގެ ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވާ ދެބޭފުޅުންނަކީ ހިލަރީ އާއި އޮބާމާއެވެ. ރިޕަބްލިކަނުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވަނީ ޖޫލިއާނީ އާއި ޖޯން މެކެއިންއެވެ. މީގެ ތެރެއިން ޕާޓީގެ ރައީސްކަމަށް އަންނާނީ ސީދާ ޕާޓީގެ މެންބަރުން ނަގާ ވޯޓަކުން އެއްވަނަޔަށް އަންނަ ބޭފުޅެކެވެ.

7 - ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށްވެސް އޮތުން

މިފަދަ ނިޒާމެއްގައި ޤާނޫނު އަސާސީ ބުނާފަދަ ސިފަތައް ފުރިހަމަވާ ކޮންމެ ބޭފުޅަކަށްވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮވެއެވެ. އަޅުގަނޑަށްވެސް ތިބޭފުޅާއަށްވެސް މިފަދަ ނިޒާމެއްގައި ގައުމުގެ ރައީސްކަމާއި ކުރިމަތިލާ ސީދާ ރައްޔިތުން ލާ ވޯޓުގައި ވާދަ ކުރުމުގެ ފުރުސަތު ލިބެއެވެ. މިސާލަކަށް 2001 އަހަރު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރަލްފް ނާޑަރ ރިފަބްލިކަން ކެންޑިޑޭޓް ޖޯޖް ބުޝް (މިހާރުގެ ރައީސް) އަދި ޑިމޮކްރެޓިކް ކެންޑިޑޭޓް އަލް ގޯ އާއި ވާދަކުރެއްވިއެވެ. ބައެއް ސިޔާސީ މުހައްލިލުން ދެކިލައްވާ ގޮތުގައި މިއިންތިހާބުގައި ނާޑަރ ގެ ސަބަބުން އަލް ގޯއަށް ވަރަށްބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. އެއީ ނާޑަރ ރައީސް ކަމަށް ކުރިމަތި ނުލެއްވިނަމަ ނާޑަރގެ ވަރަށް ގިނަ ސަޕޯޓަރުން ތިބީ އަލްގޯއަށް ވޯޓް ދެއްވާ ގޮތަށެވެ.

ރިޔާސީ ނިޒާމުގައި ހުރި އުނިކަންތައްތައް

1 - ރައީސަށް ލިބިފައިވާ ބާރުގެ ސަބަބުން ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވުން

މި ނިޒާމުގައި ވެރިކަން ހިންގާފަރާތަށް (ރައީސް) ލިބިފައިވާ ވެރިކަން ހިންގުމުގެ ފުރިހަމަބާރުގެ (އެބްސޮލިއުޓް ޕަވަރ) ސަބަބުން ވެރިކަމުގައި ހުންނަވާ ބޭފުޅާއަށް ހުދްމުހްތާރު ސިޔާސަތެއް ދެމެހެއްޓުމަށް މަގުފަހިވެއެވެ. އެހެނީ ވެރިކަމުގައި ހުންނަވާ ބޭފުޅާއަކީ ވަކި މުއްދަތެއް ކަނޑައަޅާ ރައްޔިތުން އިންތިހާބް ކުރައްވާފައިވާ ބޭފުޅަކަށްވުމެވެ. ބޮޑުވަޒީރަކާއި ހިލާފަށް ރައީސަށް ޕާލިމަންޓުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ ވެރިކަމުން ދުރުކޮށްފާނެ ކަމުގެ ބިރެއް ނޯންނާނެއެވެ. އަދި ހަމަ އެހެންމެ އެބޭފުޅާ އެބޭފުޅާގެ ހުވަޔާ ހިލާފްނުވާހާ ހިނދަކު ދައުރު ހަމަވަންދެން ވެރިކަމުގައި ދެމިހުންނާނެއެވެ.

2- ބާރުތަކުގެ މެދުގައި ގުޅުން ގޯސްވުން

މިނިޒާމް ބިނާވެފައި އޮންނަނީ ތިންބާރު ވަކިކުރެވިފައިވާ (ސެޕަރޭޝަން އޮފް ޕަވާރސް) ނަޒަރިއްޔާތުގެ މައްޗަށް ކަމަށްވާތީ ރައީސާއި ޤާނޫނު ހަދާ މަޖްލީހާ ދެމެދު ބޮޑެތި ހިލާފްތައް އުފެދި ދެ އިދާރާގެ ގުޅުން ހޫނުވުމުގެ ފުރުސަތު ބޮޑެވެ. ހާއްސަކޮށް ދެ އިދާރާ (ސަރުކާރު ހިންގުމުގެ އިދާރާއާއި ޤާނޫނު ހަދާ މަޖްލީހުގެ އިދާރާ)ގެ އަޣުލަބިއްޔަތު ދެ ޕާޓީ އަކަށް ލިބިއްޖެ ހިނދެއްގައެވެ. މިސާލަކަށް އެމެރިކާގައި މިހާރު އެ އޮތް ގޮތަށް ވެރިކަން ހިންގުމުގެ ބާރު ރިޕަބްލިކަނުންގެ އަތުގައި އޮވެފައި ޤާނޫނުހަދާ މަޖްލީހުގެ ބާރު ޑިމޮކްރެޓުންގެ އަތުގައި އޮތުމެވެ.

3- ޤާނޫނު ހަދާ މަޖްލީހުގެ މެންބަރުންގެ ކިބައިން ޒިންމާދާރުކަން ކުޑަ އަމަލްތައް ފާހަގަވުން

މި ނިޒާމުގައި ޤާނޫނު ހަދާ މަޖްލީހަކީ މުޅިން މިނިވަން މުސްތަޤިއްލު އިދާރާއެކެވެ. އެހެންކަމުން ޤާނޫނުހަދާ މަޖްލީހުގެ މެންބަރުންގެ ފަރާތުން ޒިންމާދާރުކަން ކުޑަ އަމަލްތައް ފެނެއެވެ. އަދި މެންބަރުން ކިބާގައި ހުންނަންޖެހޭ އަހުލާޤީ ސުލޫކީ މިންގަނޑުން ނެއްޓި އެބައިމީހުން އިންތިހާބްކޮށްފައިވާ މަޤްސަދު ހަނދާންނައްތާލައި ފައިސާވެރި މުއްސަނދި ޖަމާއަތްތަކުގެ މަސްލަހަތަށް ވަކާލާތުކުރާތަން އާދެއެވެ. މިސާލަކަށް އެމެރިކާގެ ޤާނޫނު ހަދާ މަޖްލީހަށް އެންމެ ވަރުގަދަޔަށް ނުފޫޒް ފޯރުވާބަޔަކީ އެތަނުގެ ލޮބީ ގުރޫޕްތަކެވެ.

4- ބައެއްކަހަލަ ހާލަތުތަކުގައި އުދަގޫ އަދި ޖެއްސުން ބޮޑު ނިޒާމެއް

މިއީ ބައެއްކަހަލަ ހާލަތުތަކުގައި ވަރަށް އުދަގޫ އެހާމެ ޖެއްސުން ބޮޑު ނިޒާމެކެވެ. މިސާލަކަށް ޤައުމަށް ދިމާވާ ބޮޑު މުސީބާތެއްގެ ވަގުތުގައި ބައެއްކަހަލަ އުދަގޫތަކާއި ރައީސަށް ކުރިމަތިލާން ޖެހެއެވެ. އެހެންވަނީ މިނިޒާމުގައި ރައީސަށް ޤާނުނު ހަދާ މަޖްލީހުގައި ކަންކަން އަވަހަށް ނިންމުމަށް ކުރެވޭނޭ މާބޮޑުކަމެއް ނެތީމައެވެ. މުސީބާތާއި ނުވަތަ ބޮޑެތި މައްސަލަތަކާއި ގުޅިގެން މަޖްލީހުން އަވަހަށް ނިންމަންޖެހޭ ކަންކަން ނިންމޭނެ ގޮތެއް ހަމަޖެހިފައި ނޯންނާތީއެވެ. ގިނަފަހަރަށް މިގޮތަށް ކަންކަން ނުނިމި ދިގުލަނީ ސަރުކާރާއި ޤާނޫނު ހައްދަވާ މަޖްލީހުގެ ބޭފުޅުންނާއި ހިޔާލު ތަފާތުވާތީއެވެ. މިސާލަކަށް ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިގިރޭސި ބޮޑުވަޒީރު ވިންސްޓަން ޗާރޗިލް އިންތިހާބް ކަނޑައެޅިފައި އޮތް ތާރީހަށްވުރެ ފަސްކުރެއްވިއެވެ. ނަމަވެސް އެމެރިކާގެ ރައީސްއަކަށް އެކަމެއް އެގޮތަކަށް ނުކުރެއްވުނެވެ. އެހެންކަމުން އެއުދަގޫ ހާލަތުގައިވެސް އެމެރިކާގައި ޖެހުނީ އިންތިހާބު ބާއްވާށެވެ. އެއީ 1940 ގައާއި 1944 ގައެވެ.

5- ވަކިވަކި މެންބަރުންގެ މައްޗަށް ނުފޫޒް ފޯރުވުން

މިފަދަ ނިޒާމެއްގައި ވަކިވަކި މުއްސަދި ފައިސާވެރި އަދި ބޮޑެތި ވަރުގަދަ ޖަމާއަތްތަކުގެ (ޓްރޭޑް ޔޫނިއަންސް) ނުފޫޒް ނުސީދާގޮތުން ޤާނޫނު ހަދާ މަޖްލީހުގެ ވަކިވަކި މެންބަރުންގެ މައްޗަށް ފޯރުވާނެއެވެ. މިހެން ދިމާވާންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ޤާނޫނު ހަދާ މަޖްލިހުގެ މެންބަރުންނަކީ ރައްޔިތުން އިންތިހާބް ކޮށްފައިވާ ސަރުކާރުގެ ސިޔާސަތާއި އެއްވެސް ގުޅުމެއްނެތް ބައެއްކަމުން ސަރުކާރު ސިޔާސަތް ދަމަހައްޓައި ކުރިއެރުވުމަކީ ކޮންމެހެން މުހިއްމު ކަމެއްކަމުގައި ނުދެކުމެވެ.

މަތީގައި ބަޔާން ކުރެވިފައިއެވަނީ ފުރިހަމަ ރިޔާސީ ނިޒާމެއްގައި ހުންނަންޖެހޭނެ މައިގަނޑު އަސާސީ ސިފަތަކާއި އެ ނިޒާމުގައި ހުރި މޮޅު އަދި ދެރަ ކަންތައްތަކެވެ. އަޅުގަނޑުމެން އެންމެބޭފުޅުންވެސް މިލިޔުން ކިޔަމުންދާއިރު ރަގަޅަށް ހަނދުމަފުޅު ބަހައްޓަވަންވާނެ ކަމަކީ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ މިކުރެވެމުންދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ނޫންކަމެވެ. އަދި އަޅުގަޑު ހިތުން މިހާރު ތިޔަބޭފުޅުންނަށް މިދެ ނިޒާމުގެ ފަރަގު އެގިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރަމެވެ. އަދި ތިޔަބޭފުޅުންގެ ހިތުގައި މި ދެނިޒާމާއިމެދު އުފެދިފައިވާ ގިނަ ސުވާލުތަކެއްގެ ޖަވާބު ދެވިއްޖެކަމަށް އުންމީދު ކުރަމެވެ. އަޅުގަނޑުގެ އެދުމަކީ ތިޔަބޭފުޅުން ގޮތެއް ނިންމަވާއިރު ރަގަޅަށް މި ދެނިޒާމާއި މެދު ވަރަށް ފުންކޮށް ވިސްނަވައި ތިބޭފުޅާއަށް ފެނިވަޑައިގަންނަވާ ރަގަޅުގޮތަކަށް ނިންމެވުމެވެ. ނަމަވެސް ވަކިބަޔަކު ބުނީތީ އެގޮތަށް ނިންމައިގެން ފަހުން އެކަމާއި ހިތާމަކުރަން ޖެހޭތަން އަތުވެދާނެއެވެ. މިއަދު މިގައުމުގެ އިހުލާސްތެރިންނާއި ހަތުރުންގެ ތެރޭގައިވެސް މިއެބުރެނީ އެއް ހިޔާލެކެވެ. މަކަރާއި ހީލަތާއި އޮޅުވާލައިގެން ނަމަވެސް "މަ ބޭނުންވާ ގޮތް" ހާސިލްކުރުމުގެ އޮއިވަރެވެ. ރައްޔިތުން މި އޮއިވަރުން ސަލާމަތްވެ ތިބުމަށް އަޅުގަނޑު ގޮވާލަމެވެ.

Read more

Wednesday, August 08, 2007

Leaflet for promoting separation of powers

Idhikeeli has produced a leaflet for online distribution in our campaign for a Presidential System of Government for the Maldives. The leaflet is available here at MediaFire. The leaflet is in Dhivehi language. Please download and read the leaflet and after reading it if you are convinced that what we say is correct, email this leaflet to your friends.

Bloggers who support separation of powers can give a link to this leaflet in their blog posts or in the blog's sidebar.

Link to this URL:

http://www.mediafire.com/?1mdzwinzgin

You can also share this file at Facebook from this URL.


We have ten more days to go before the referendum. We are at odds against corporate interests, politicians and media spinning the truth as they wish. But we will not give up our right to free expression.
Read more

Sunday, August 05, 2007

އެމްޑީޕީގެ އޮޅުވާލުންތައް ހުއްޓުމެއް ނެތި ކުރިޔަށް

ބަރުލަމާނީ ނިޒާމަށް އެމްޑީޕީއިން ކުރަމުން ގެންދާ ކެމްޕޭނުގައި ރައްޔިތުންނަށް އޮޅުވާލުމުގެ ސިލްސިލާ ހުއްޓުމެއް ނެތި ކުރިޔަށް އެބަގެންދައެވެ. ޓީވީ މޯލްޑިވްސް އިން ދެނިޒާމުގެ މައުލޫމާތު ދިނުމަށް ސިޔާސީ ޕާޓީތަކަށް ދޭ ގަޑީގައި އާދީއްތަ ދުވަހުގެ ރޭ 9.30 ގައި އެމްޑީޕީއަށް ލިބުނު ފުރުސަތުގައި ގިނައިން ފެތުރީ ދޮގު މައުލޫމާތެވެ.

ބަރުލަމާނީ ނިޒާމަކަށް އެމްޑީޕީ އިން ހިންގަމުން ގެންދާ ކެމްޕޭންގައި ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި ބޭނުންކުރާ އެއް އުކުޅަކީ ރާއްޖޭގައި މިހާރު އޮތް ހުދުމުހުތާރު ވެރިކަމަކީ ރިޔާސީ ނިޒާމެއް ކަމަށް ސިފަ ކުރުމެވެ. ޓީވީއެމް އިން ފޮނުވި ޕްރޮގްރާމްގައި ވެސް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރ މުހަންމަދު ޝިހާބު އަދި އެޕާޓީގެ ހިޔަނި ކެބިނެޓްގެ ވަޒީރާ ހިޝާން ހުސައިން ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކާފައެވެ.

އެންމެ ބޮޑަށް އޮޅުވާލައިގެން ވާހަކަ ދެއްކީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރު ނަފާ ނަސީމެވެ. އޭނާ ދެއްކި ވާހަކައިން އޭނާއަށް ޖުމްހޫރިއްޔަތު (ރިޕަބްލިކް) އާއި ރިޔާސީ ނިޒާމުގެ ތަފާތު ނޭގޭ ކަން ހާމަވެގެން ދިޔައެވެ. ނަފާ ނަސީމް ބުނީ 1968 ވަނަ އަހަރު ދިވެހި ރައްޔިތުން ވޯޓުލީ ރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔަތެއް/ރިޔާސީ ނިޒާމެއްތޯ ކަމަށެވެ. އަދި ދުނިޔޭގައި ރަސްކަން އެއީ ބޯދާ އެއްޗަކަށްވެ ދެން އައީ ރައީސުން ވެރިކަމުގައި ތިބޭ ނިޒާމު ކަމަށްވާ ރިޔާސީ ނިޒާމް ކަމަށާއި އޭގެ ފަހުން އައީ މިޒަމާނުގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމު ކަމަށް ވެސް ނަފާ ނަސީމް ބުންޏެވެ.

މުހަންމަދު އަމީންގެ ފަހުން ދެން ވެރިކަމަށް އައި ފަރާތްތަކުން ހުދުމުހުތާރު ނިޒާމަކަށް ގެންދަން ބޭނުންވީމާ ބަދަލުކޮށްލީ ރިޔާސީ ނިޒާމަކަށް ކަމަށް ވެސް ނަފާ ނަސީމް ބުންޏެވެ. އަދި މިހާރު ރާއްޖޭގައި އިވެމުންދާ އަޑަކީ ދެވަނަ ޖުމްހޫރިއްޔާ މިއޮތީ ފޭލްވެފައޭ އަދި ރިޔާސީ ވެރިކަން އޮތީ ފޭލްވެފައޭ ކަމަށް ވެސް ނަފާ ނަސީމް ބުންޏެވެ.

ހަގީގަތުގައި ޖުމްހޫރިއްޔާ އާއި ރިޔާސީ ނިޒާމަކީ ތަފާތު ދޭއްޗެކެވެ. 1968 ވަނަ އަހަރު ދިވެހިންގެ ކުރިމައްޗަށް އައި ސުވާލަކީ ބޭނުންވަނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔަތެއްތޯ އެވެ. 1953 ވަނަ އަހަރު ވެސް ދިވެހިންގެ ކުރިމައްޗަށް އައި ސުވާލަކީ ހަމަ އެއީއެވެ. ދިވެހިރާއްޖެއަށް މިހާތަނަށް އަދި ރިޔާސީ ނިޒާމެއް ނާދެއެވެ.

ރަސްކަން އޮތް ބައެއް ގައުމުތަކުގައި ބަރުލަމާނީ ނިޒާމު ތައާރަފުކުރި ފަހުން ވެރިކަމުގެ ބާރުތައް ވަކިކުރުމުގެ ބޭނުންތެރިކަމަށް މޮންޓެސްކޫ ފަދަ ލިޔުންތެރިން ލިޔުއްވާ އެހިޔާލުތަކަށް މަގުބޫލުކަން ލިބުމުގެ ސަބަބުން ރިޔާސީ ނިޒާމު ދުނިޔެއަށް ތައާރަފުވިއެވެ.

ޖުމްހޫރިއްޔާ އެއީ މުޅިން ގޯސް އެއްޗަކަށް ހަދައިގެން ނަފާ ނަސީމް ވާހަކަ ދެއްކި އިރު ދުނިޔޭގައި ބަރުލަމާނީ ނިޒާމު ހިންގާ ކިތަންމެ ގައުމެއްގައި ޖުމްހޫރިއްޔާ އޮންނަ ކަމެއް އޭނާއަކަށް ނޭގުނެވެ. މިސާލަކަށް ރާއްޖެއާއި އެންމެ ކައިރީ އޮތް އިންޑިޔާއަކީ ވެސް ޖުމްހޫރިއްޔާއެކެވެ. އެއީ ރިޕަބްލިކް އޮފް އިންޑިޔާ އެވެ. އެމީހުން ފާހަގަ ކުރާ ރިޕަބްލިކް ޑޭ އެއް އޮވެއެވެ. އެކަމަކު އިންޑިޔާގައި އޮންނަނީ ބަރުލަމާނީ ނިޒާމެކެވެ. ރަސްކަމެއް އޮންނަ ގައުމެއް ކަމަށްވާ އިގިރޭސި ވިލާތުގެ ރަސްކަން އުވާލައި ޖުމްހޫރިއްޔާއެއް ގެންނަން ބޭނުން މީހުން އެގައުމުގައި އެބަތިއްބެވެ. އަދި އޮސްޓްރޭލިއާ ޖުމްހޫރިއްޔަތަކަށް ހަދަން ބޭނުންވާ މީހުން ވެސް އެގައުމުގައި އެބަތިއްބެވެ. އެހިޔާލުތަކަށް ތާއީދު ލިބިއްޖެނަމަ އެގައުމުތައް ކޮންމެވެސް އެއް ދުވަހަކުން ޖުމްހޫރިއްޔާ އޮންނަ ގައުމުތަކަށް ވެގެންދާނެއެވެ. ނަމަވެސް އެގައުމުތަކުގައި އޮންނަނީ ބަރުލަމާނީ ނިޒާމެވެ.

އެމްޑީޕީއިން ކަލާފާނު ސްކޫލްގައި މިދިޔަ ހަފުތާގައި ބޭއްވި ޖަލްސާގައި ވެސް ރައްޔިތުންނަށް އޮޅުވާލައި އެތައް ވާހަކައެއް ދެއްކިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން އަފީފުގެ ވާހަކައިގައި ވަރަށް ބޮޑަށް އޮޅޭ ގޮތަށް މައުލޫމާތު ދިނެވެ.

ރާއްޖެއަށް ޑިމޮކްރެސީ ގެންނަން މަސައްކަތް ކުރާ ނަމުގައި އުޅޭ އެމްޑީޕީ އިން މިހާވަރަށް ރައްޔިތުންނަށް އޮޅުވާލަމުން ގެންދިއުމުގެ ސަބަބުން އެޕާޓީގެ އަގު ދަނީ ވެއްޓެމުންނެވެ. އެމީހުން ބުނާ ގޮތް އެއީ އެންމެ ރަގަޅު ގޮތަށް ހެދުމަށްޓަކައި އެމީހުންގެ ކޮންޓްރޯލްގެ ދަށުގައިވާ މީޑިއާ ދަނީ މަސައްކަތް ކުރަމުންނެވެ. އެހެން މީހުންގެ ހިޔާލު އަޑު އެހުމަކީ އަދި ތަފާތު ހިޔާލުތަކަށް އިހުތިރާމް ކުރުމަކީ ޑިމޮކްރެސީގެ ރަގަޅު އަސާސަކަށް ވިޔަސް އެމްޑީޕީގެ ފަރާތުން އެމްޑީޕީއަށް ތާއީދުކުރާ މީހުންނަށް ދަސްކޮށްދެނީ މިސިފަތަކެއް ނޫނެވެ. ނަތީޖާއަކަށް ވެގެން ދަނީ ހަމައެކަނި އެއްގޮތަކަށް ވިސްނާ ރޮބޮޓް ތަކެއް އުފެދުމެވެ. ހަވީރުން އިންތިޒާމް ކުރި ބަހުސުގައި ހޮނިހިރު ދުވަހުގެރޭ ފެނިގެން އެދިޔައީ އެހިތާމަވެރި މަންޒަރެވެ. ބަހުސެއް ބަހުސަކަށް ވަނީ ދެކޮޅުން ވެސް ވާހަކަ ދެއްކީމައެވެ. ނަމަވެސް އެއްކޮޅުން ވާހަކަ ދައްކާ އަޑު އަހަން ބޭނުންނުވާ ބަޔަކު ބަހުސް އަޑުއަހަން ވެސް ދިއުމުގެ ވެސް ބޭނުމެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޓީވީއަށް އަރާ ތިބެ ރައްޔިތުންނަށް ދޮގު ހަދަނީއެވެ. ދެން ވެސް އެމީހުން އިންތިހާބުކުރުމުން ރައްޔިތުންގެ މަޖިލީހުގައި ވަކި އެމީހުން ތެދުވެރިވާނެ ހެއްޔެވެ؟ ބަރުލަމާނީ ނިޒާމެއްގެ ވެސް ރަގަޅު ސިފަތަކާއި އުނި ސިފަތައް ހުރުމާއި އެކުގައި، ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ދައްކާއިރު، ހަގީގަތާއި އެއްގޮތަށް ވާހަކަ ދައްކައި ވެސް ކެމްޕޭން ކުރެވިދާނެއެވެ. ހަގީގަތް އޮޅުވާލަން އުޅުމުން އެގެނީ ކޮންމެވެސް ފޮރުވިފައިވާ އަމިއްލަ އެދުންތަކެއް އެމީހުންގެ މަސައްކަތުގެ ފަހަތުގައި ވާ ކަމެވެ.

Read more

Wednesday, August 01, 2007

28 އަހަރުގެ ހިތި ތަޖްރިބާއަށްފަހުވެސް އެމްޑީޕީއަށް ކަމުދިޔައީ ހަމަ އެބުނާ ތިންބާރު ވަކިނުވާ "ގޮޅާ ނިޒާމް"

ލިޔުނީ: ޢަބްދުﷲ ޝިނާން، ޝާއިއުކޮށްފައިވަނީ: އައްޑުވަސް 2007


އަށާވީސް އަހަރުގެ ހިތި ތަޖްރިބާއަށް ފަހުވެސް އެމްޑީޕީއަށް ކަމުދިޔައީ ހަމަ ޕާޓީގެ ބޮޑުންއެބުނާ ތިންބާރު ވަކިނުވާ "ގޮޅާ" ނިޒާމެވެ. ފަހަރުގައި މިހެން ބުނުމުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ހައިރާންވެ ދާނެއެވެ. އެކަމަކު އެންމެންނެއް ހަމަ ގައިމުވެސް ހައިރާނެއް ނުވާނެއެވެ. އެއީ އެބޭފުޅުންނަށް އަޅުގަނޑު މިބުނަން އުޅޭ އެއްޗެއް އެގޭނެތީއެވެ.


ތެދުފުޅެކެވެ. އެމްޑީޕީން ވަކާލާތުކުރަނީ ބަރުލަމާނީ (ޕާލިމެންޓްރީ) ނިޒާމަކަށެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބޭފުޅުންނަށް ނޭގޭކަމަކީ އެމްޑީޕީން އެބުނާ "ގޮޅާ" ނިޒާމާއި އެމްޑިޕީން ތާއީދުކުރާ ބަރުލަމާނީ (ޕާލިމެންޓްރީ) ނިޒާމާއި ހުރި ގާތްގުޅުމެވެ. މިއީ އަޅުގަޑުމެން އެންމެހައި ދިވެހިން ވެރިކަމުގެ ވަކި ނިޒާމެއް ހިޔާރު ކުރުމުގެ ކުރީން އެނގިފައި އޮތުން މުހިއްމު ކަމެއްކަމުގައި އަޅުގަޑު ދެކެމެވެ.ތިންބާރު ވަކިނުވާ " ގޮޅާ" ނިޒާމުގައި ރައީސްގެ ބާރު އިންތިހާއަށް ގަދައެވެ. ބަރުލަމަނީ ނިޒާމުގައި ބޮޑުވަޒީރުގެ ބާރު އިންތިހާއަށް ގަދައެވެ.އަޅުގަޑުމެން މިހާރުވެސް މިއުޅެނީ ތިންބާރު ވަކިނުވާ " ގޮޅާ" ނިޒާމުގައި މައުމޫނު ގެ ބާރު އިންތިހާއަށް ގަދަވެގެން އެކަމާ ކަންބޮޑުވެގެންނެވެ. މައުމޫން ކުރަން ނިންމައިފި ކޮންމެ ކަމެއް އެފެނިލެއްވި ގޮތަކަށް އެކަން ނިންމަވައެވެ. މިކަމުގައި މީހަކު، ބަޔަކު ކިޔާ އެއްޗަކަށް ބެލުމެއްނެތެވެ. އަދި މައުމޫންގެ އަތްދަށުން ދޫވެގެންދާ ކަންކަމުގެ ޒިންމާ އުފުއްލެވުމެއް ނޯވެއެވެ. އެކަން ކުރެވޭނޭ ގޮތެއްވެސް ނޯވެއެވެ. މިސާލަކަށް ސެޕްޓެންބަރ 20 ގައި މާފުށީގައި ހިންގި "ކަތިލުމުގެ" ހާދިސާއާއި ގުޅޭގޮތުން ފަނަރަ ސަތޭކައެއްހާ މީހުންގެ ކުރިމަތީ ހުދު އަޅުގަނޑު މައުމޫންކުރެން އެކަން އެގޮތަށް ދިމާވުމުން، ޤާނޫނު އަސާސީގައި ބުނާގޮތުން ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭނޭ ކަމަށް ޤަބޫލް ކުރައްވަންތޯ ދެންނެވުމުން ދިންޖަވާބުގައި ވިދާޅުވިއެވެ. "ތިޔަބޭފުޅުންނަށްވެސް އެގޭނޭ ފަދައިން އަޅުގަނޑު މިހާރުވާނީ އެމައްސަލަ ތަޙްޤީޤް ކުރުމަށްޓަކައި ވަރަށް މިނިވަން ކަމިޝަނެއް އެކުލަވާލާފައި. އެކަމިޝަންގެ މަސައްކަތް މިހާރު ދަނީ ކުރިއަށް. އަޅުގަނޑަށް ތިކަމުގައި އެއްޗެއް ދަންނަވަން އެގޭނީ، ކަމިޝަނުން އެކަންތައް ތަހްޤީޤްކޮށް ނިންމައި އެ ރިޕޯރޓް އަޅުގަޑަށް ހުށަހެޅީމަ." މިހެންނެވެ. ތަހްޤީޤް ރިޕޯޓުން ސާބިތުވާ ގޮތުގައި ސިފައިން ކުށްވެރިވެއެވެ. އެބޭފުޅުންގެ މައްޗަށް ޝަރީޔަތް ކޮށް ހުކުމް އިއްވުނެވެ. އެއްބަޔަކު ގޭގައި ބަންދު ކުރެވުނެވެ. އަނެއްބަޔަކު ޖަލަށްލާ އަރުވާލިއެވެ. އޭގެތެރެއިން ބަޔަކު ކުށުގެ އަދަބު ފުރިހަމަކޮށް މިނިވަންވެއްޖެއެވެ. ނަމަވެސް މައުމޫން އަދިވެސް ހަމަ ހުންނެވީއެވެ. އެންމެ ކުޑަމިނުން ރައްޔިތުންގެ ކިބައިން މައާފަށްވެސް ނޭދެއެވެ. އެކަން މައުމޫނު ލައްވާ ކުރެވޭނޭ ގޮތެއްވެސް ނެތެވެ. އަދި ނުވެސް ކުރާނެއެވެ.ބަރުލަމާނީ (ތިންބާރު ވަކިނުވާ) ނިޒާމުގައި ބޮޑުވަޒީރުގެ ބާރު އިންތިހާއަށް ގަދަވާނެއެވެ. އޭނާގެ ނުފޫޒާއި ބާރު ގަދަވެގެން ދިޔަ ދިޔައީނުން ތިންބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއްގައި ވެރިކަން ހިންގުމުގެ ދާއިރާގައި ރައީސަކަށް ލިބިދީފައިވާ ބާރަށްވުރެ މައްޗަށް އޭނާގެ ބާރު ގަދަވެދެއެވެ. މިގޮތަށް ބޮޑުވަޒީރު އޭނާގެ ހުދުމުހްތާރު ވެރިކަން ދެމެހެއްޓުމަށްޓަކައި ބޭނުންކުރާނީ ރައްޔިތުންގެ ތާއީދާއި ބައިވެރި ވުމެއް ނޫނެވެ. އެކަމަކު ރައްޔިތުންގެ މަޖްލީހުގެ އޭނާގެ ޕާޓީއަށް ނިސްބަތްވާ މެންބަރުންގެ ތާއީދެވެ. މިސާލަކަށް މިހާރު އަޅުގަނޑުމެންގެ މަޖްލީހުންވެސް އެފެންނަނީ އެމަންޒަރެވެ. މައުމޫނުގެ "އަނިޔާވެރި" ވެރިކަން ދަމަހައްޓަނީ އެބޭފުޅާގެ ޕާޓީއަށް ނިސްބަތްވާ އެބޭފުޅާ ބައިއަޅުއްވާ މެންބަރުންނެވެ. އެބޭފުޅުން ރައްޔިތުންގެ އިހްސާސްތައް ދަނޭހެއްޔެވެ؟ އެބޭފުޅުން ރައްޔިތުންގެ ބައިވެރިވުމަށް އިޙްތިރާމް ކުރޭހެއްޔެވެ؟ އެބޭފުޅުން އިންތިހާބް ކޮށްފައިވާ ރައްޔިތުން ބޭނުންވާ ގޮތަށް އެބޭފުޅުން މަޖްލީހުގައި ވަކާލާތުކުރޭހެއްޔެވެ؟އެބުނާ" ގޮޅާ" ނިޒާމުގައި ކަންކަން ނިންމަނީ މައުމޫނަށް ފެނިލައްވާ ގޮތަކަށް، މަޖްލީހުގެ އަޣުލަބިއްޔަތުން ނެވެ. ބަރުލަމާނީ ނިޒާމުގައިވެސް ކަންކަން ނިންމަވާނީ ބޮޑުވަޒީރަށް ފެންނަގޮތަކަށް މަޖްލީހުގެ އަޣުލަބިއްޔަތުންނެވެ.އެމްޑީޕީން އެބުނާ މައުމޫނުގެ 28 އަހަރުވީ " ގޮޅާ" ނިޒާމުގައި ކަންކަން ނިންމަވަނީ މައުމޫނަށް ފެނިލައްވާގޮތަށެވެ. އެބޭފުޅާއަށް އެހީތެރިވެ ވާގިވެރިވަނީ ކޮންބައެއްތޯއެވެ؟ މީގެތެރެއިން އެއްބަޔަކީ ރައްޔިތުންގެ މަޖްލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާ އެބޭފުޅާގެ ކެބިނެޓްގެ ވަޒީރުންނެވެ. އަނެއްބަޔަކީ އެބޭފުޅާގެ ރުހުމާއި ބަރަކާތް ލިބިގެން އިންތިހާބްކުރެވިފައި ތިބި އެބޭފުޅާއަށް އިހުލާސްތެރި ރައްޔިތުންގެ މަންދޫބުންނެވެ. މިހެންކަމުން މި ބޭބޭފުޅުންގެ ކިޔަމަންތެރިކަމުގެ ސަބަބުން މިއަދާއި ޖެހެންދެންވެސް މައުމޫނު ބޭނުންވާ ހުރިހާ ގޮތެއް މަޖްލީހުގެ އިއްތިފާގުންނާއި އަޣުލަބިއްޔަތުން ދިޔައީ ފާސްވަމުންނެވެ. މިކަމުގައި މަޖްލީހުގެ މެންބަރުންގެ ފަރާތުން ލިބެމުންދިޔަ އެއްބާރުލުމުގެ ސަބަބުން އެކަމުގެ އަގުވަޒަންކޮށް މިލިޔަންރުފިޔާގެ އިނާމުތައްދީ (ލޯނު) އަދި ސަރުކާރުގެ ބޮޑެތި ވަޒީފާތައް ވަކި ސުމާރެއްނެތި ބަހާލެވުނެވެ. މީގެ ސަބަބުން މެންބަރުންގެ މެދުގައި މައުމޫނަށް އޮތް އިތުބާރާއި އިހުލާސްތެރިކަން އިހުނަށްވުރެ އެތައް ދަރަޖައަކަށް އިތުރުވެ ވަރުގަދަވިއެވެ.މިއިހުލާސްތެރިކަމާއި އިތުބާރުގެ ސަބަބުން "ހަޤީޤީވެރިކަމުގެ ބާރުވެރިން" ކަމުގައި ބުނާ ދިވެހި ރައްޔިތުންނަށް ތަހައްމަލްކުރަން ޖެހުނީ އަނިޔާއާއި ބޭއިންސާފެވެ. މިސާލަކަށް 19 ސެޕްޓެންބަރ 2003 ގައި މަރްހޫމް އީވާން ނަސީމް މާފުށީ ޖަލުގައި ސަތަރިގަޑަކަށްލާ އޮޅާލައި އެއްވެސް ރަޙްމެއްނެތި ވަލު ޖަނަވާރަކަށް ނުކުރާނެ އަނިޔާކޮށް ތަޅާ މަރާލައި އަދި އެތަކެއް ކުށްވެރީންތަކެއްގެ ގަޔަށް ބަޑިޖަހާ ބަޔަކު ޒަހަމްވެ އަނެއްބަޔަކު ނިޔާވިތާ ހަފްތާއެއް ނުވަނީސް ރައްޔިތުންގެ މަޖްލިސް ކުރާގޭގައި 2003 ވަނަ އަހަރު ސެޕްޓެންބަރގެ 25 ވަނަ ދުވަހު މައުމޫން ވެރިކަމުގައި ހުންނަން ފެނޭތޯ ނެގުނު ވޯޓު ފާސްވީ މަޖްލީހުގެ އިއްތިފާގުންނެވެ. އެދުވަހު އެމަޖްލީހުގައި ތިބި ގިނަ މެންބަރުންނަކީ މިއަދުވެސް އެމަޖްލީހުގައި ތިބި ރައްޔިތުންނަށް "ޣައްދާރު" ހާއިނުންނެވެ. މިއަދު މައުމޫނަކީ "އަނިޔާވެރިއެކޭ"، "ހުދުމުހްތާރު ވެރިޔެކޭ" އަދި މިއީ"ގޮޅާވެރިކަމޭ" ކިޔާ ކަރުގެ ނާރުތައް ފަޅައިގެންދާވަރަށް އެ ހަޅޭއްލަވަނީ ހަމަ އެދުވަހު އެ"ގޮޅާ" ވަރުގެ މީހެއް ނެތިގެން އުޅުނު މީހުންނެވެ. އެދުވަހު މައުމޫން ވެރިކަމުގައި ހުންނަން ނުފެންނަކަމަށް ދިވެހި ރައްޔިތުންގެ ހައްޤުގައި އަތް އުފުލާލި އެންމެ މެންބަރެއްވެސް ނެތެވެ. ހުރިހާ "އިއްޒަތްތެރި" މެންބަރުންނަށްވެސް ފެނިލެއްވީ މައުމޫނު ވަރެއް ހަމަ ނެތްކަމަށެވެ.ހަޤީޤަތުގައި މައުމޫނުގެ މިވެރިކަން ދެމެހެއްޓުމައްޓަކައި ރައްޔިތުންނާއި ދެކޮޅަށް މައުމޫނު ބޭނުންކުރެއްވި އެންމެ ނުރައްކާތެރި ހަތިޔާރަކީ މުދަލާއި ދުނިޔެވީ އުފަލަށް ވިކިހުސްވެފައިތިބި ރައްޔިތުންގެ މަޖްލީހަށް ރައްޔިތުން އިންތިހާބްކުރި ރައްޔިތުންގެ މަންދޫބުންނެވެ. މަޖްލީހުގެ އަޣުލަބިއްޔަތު ލިބިގެން އަންނަ ރިޔާސީ ކެންޑިޑޭޓެއްގެ ނަމެއް މެނުވީ ރައްޔިތުންނާ ހަމައަކަށް ނާދެއެވެ. އެހެންކަމުން ރައްޔިތުންނަށް އޮންނަނީ ކޮންމެ ރިޔާސީ އިންތިހާބެއްގައި މަޖްލިހުގެ އަޣުލަބިއްޔަތު ލިބިގެން ރައްޔިތުންނާއި ހަމައަށް އަންނަ ރިޔާސީ ކެންޑިޑޭޓަކު ވެރިކަމުގައި ހުންނަން ފެނޭތޯ ނުވަތަ ނުފެނޭތޯ ނަގާވޯޓަކަށް އިންސާފުކުރުމެވެ. މިބާވަތުގެ ވޯޓަށް އިގިރޭސި ބަހުން ކިޔަނީ ރެފަރަންޑަމެވެ. ނުވަތަ ފެންނަ ނުފެންނަ ވޯޓެވެ. ވީމާ މި 28 (އަށާވީސް) އަހަރު މައުމޫނުގެ "އަނިޔާވެރި" ވެރިކަން ދެމެހެއްޓީ ކޮންބައެއް ހެއްޔެވެ؟ ދިވެހި ރައްޔިތުން ހެއްޔެވެ؟ ނުވަތަ ރައްޔިތުންގެ މަޖްލީހުގައި ތިބި އައްދާރުން ހެއްޔެވެ؟ މިއީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ޖަވާބުދޭން ބޭނުން ނުވިކަމުގައި ވިޔަސް ޖަވާބު ހޯދަން މަޖުބޫރުވެފައިވާ ސުވާލެކެވެ. މިސުވާލުގެ ޖަވާބު މުހިއްމީ އަންނަން އޮތް އަޅުގަނޑުމެންގެ ޖީލުގެ މުސްތަޤްބަލަށްޓަކައެވެ. އަޅުގަނޑުމެންގެ ޅަދަރީންގެ ކުރިމަގަށްޓަކައެވެ. އަޅުގަނޑުމެންގެ ޤައުމުގެ ކުރިއެރުމަށްޓަކައެވެ. މިހާރު އަޅުގަޑުމެންގެ ކުރިމަތީގައި އޮތީ ދެސުވާލެކެވެ. އެއީ މިހާރެކޭ އެއްގޮތަށް އަދި 28 އަހަރު ވަންދެން މަޖްލީހަށް މެންބަރުން އިންތިހާބް ކޮށްގެން އެމީހުންގެ އަތްތަކަށް ޤައުމުގެ ކަންކަން ނިންމަން ދޫކޮށްލައިގެން ތިބޭ ނިޒާމެއް ތަޖުރިބާކުރާނީތޯ ނުވަތަ ރާއްޖެ އަދި ދެކެފައި ނުވާފަދަ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި އެކު ރައީސަކު އިންތިހާބްކުރެވޭ، ތިންބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއް ތައާރަފް ކުރާނީތޯ ކުރެވޭ ސުވާލެވެ.ދެން އެންމެ ފުރިހަމަ ބަރުލަމާނީ ނިޒާމެއް އޮތް އިނގިރޭސިވިލާތަށް ބަލާލަމާ ހިގާށެވެ. 2003 ވަނަ އަހަރު އދ ގެ ޤަރާރް 1441 އާއި ހިލާފަށް އެމެރިކާއިން އިރާޤާއި ދެކޮޅަށް އިޢުލާންކުރި ހަނގުރާމައަށް ޓޯނީ ބްލެޔަރ މަރުހަބާކިއެވެ. އަދި އެމެރިކާ ސިފައިންނާއި އެކު އިގިރޭސި ސިފައިން އިރާގަށް ފޮނުވުމަށް ނިންމިއެވެ. މިކަމާ ދެކޮޅަށް އިގިރޭސި މިލިޔަނެއްހާ ރައްޔިތުން ނުކުމެ މުޒާހަރާ ކުރިއެވެ. މިއީ އިގިރޭސި ރައްޔިތުން މިފަހުގެ ތާރީހުގައި ކުރި އެންމެ ބޮޑު އެންމެ ވަރުގަދަ މުޒާހަރާއެވެ. މި މުޒާހަރާއާއި ގުޅިގެން ބޮޑުވަޒީރު ބްލެއަރ، އިގިރޭސި ޖާސޫސީ އިދާރާއިން އެއްކޮށްފައިވާ މަޢުލޫމާތު ކަމަށްބުނެ ވަރުގަދަ ރިޕޯޓެއް ޕާލިމެންޓަށް ހުށަހެޅިއެވެ. ނަމަވެސް އެއީ ޖާސޫސީ މައުލޫމާތުގެ މައްޗަށް ބަލައި އެކުލަވާލާފައިވާ ރިޕޯޓެއް ނޫންކަން އެ ދިރާސާކުރި އޮކްސްފޯޑްގެ ޕްރޮފެސަރުން ފަޅާއަރުވާލިއެވެ. އެބޭފުޅުން ވިދާޅުވިގޮތުގައި އެރިޕޯޓުގެ އަސްލު ބިނާވެފައިވަނީ ޔަހޫދީ ކުއްޖަކު ޕީއެޗްޑީއަށް ލިޔެފައިވާ ތީސީސެއްގެ މައްޗަށް ކަމަށެވެ. މިކަން ފަޅާއަރައި އިދިކޮޅު ޕާޓީގެ މެންބަރުން ބްލެއަރގެ އިސްތިއުފާއަށް ގޮވަމުންދިޔައެވެ. ދެން ފެނުނީ ޓޯނީ ބްލެއަރ އާއި ދެކޮޅަށް ޕާލިމެންޓުގައި ހެކިބަސް ދިނުމަށްޓަކައި ކުރިން އދ. އިން އިރާޤަށް ކަނޑައަޅާފައިވާ އިގިރޭސި ހަތިޔާރާއި ބެހޭ މާހިރް ޑރ.ކެލީ ތެދުވިތަނެވެ. ދެން އިވުނީ ޑރ. ކެލީ އަމިއްލައަށް މަރުވި ހަބަރެވެ. ޑރ.ކެލީގެ ހުވަފަތް އަނބިކަބަލުން ބުނާގޮތުން ޑރ. ކެލީ އަމިއްލައަށް މަރުވާންޖެހޭ އެއްވެސް ސަބަބެއްނެތެވެ. މިއަދާ ހަމައަށް އައިރުވެސް ޓޯނީ ބްލެއަރގެ ސަރުކާރަށް ޑރ. ކެލީގެ މަރުގެ ފަހަތުގައިވަނީ ކޮންބައެއްކަން ސާބިތުކޮށްދިނުމަށް ވަނީ ނުކުޅެދިފައެވެ. މިހުރިހާ ކަމެއް ހިގީ އިގިރޭސި ރައްޔިތުންގެ ކުރިމަތީގައެވެ. ނަމަވެސް މިއިން އެއްވެސްކަމެއް އިގިރޭސި ރައްޔިތުންނަކަށް ނުހުއްޓުވުނެވެ. އިރާޤަށް އިގިރޭސި ސިފައިން ފޮނުވަން އިގިރޭސި ރައްޔިތުން ނުރުހުނު ކަމުގައި ވިޔަސް އެބޭފުޅުން ޕާލަމެންޓަށް އިންތިހާބްކުރި އެބޭފުޅުން ތަމްސީލްކުރާ މެންބަރުންގެ ތާއީދާއެކު ސިފައިންވެސް ފޮނުވިއެވެ. ހައުސް އޮފް ކޮމަންސްއަށް ދޮގު ރިޕޯޓެއް ހުށަހަޅާ އެކަންފަޅާއެރުމުން އެކަމުން ބޯދަމައިގަނެ ސަލާމަތްވެސް ވިއެވެ. ޑރ.ކެލީގެ މަރުގެ ހަގީގަތް ނޭގުމެއްގެ ތެރޭގައި އަދިވެސް އޮތީއެވެ. ރައްޔިތުންގެ ވެރިކަމުގައި ރައްޔިތުން ގެ ތާއީދަށް ނުބަލައި ޓޯނީ ބްލެޔަރ ކަންކަން ނިންމަވަނީ ކޮންފަރާތެއްގެ ބާރުވެރި ކަމެއްލިބިގެން ހެއްޔެވެ؟ އެއީ ޤާނޫނު ހަދާ މަޖްލީހުގައި ތިއްބަވާ އެބޭފުޅާއަށް އިޙްލާސްތެރި، ރައްޔިތުންނަށް ހަރާމްކޯރު އެބޭފުޅާގެ ވަޒީރުންނާއި އެބޭފުޅާގެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުން ހޮއްވަވާފައިވާ މަންދޫބުންގެ ބާރުލިބިގެންނެވެ."ގޮޅާ" ނިޒާމުގައި ރައީސް ވެރިކަމުގައި އުމުރަށްވެސް ހުންނަންވީއެވެ. ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރު ބޮޑުވަޒީރުކަމުގައި އުމުރަށްވެސް ހުންނަންވީއެވެ.


އެބުނާ "ގޮޅާ" ނިޒާމުގައި ވެރިކަމަށް އަންނަ ބޭފުޅަކަށް ވެރިކަން ކުރެއްވޭނެ އެންމެ ދިގު މުއްދަތެއް ކަނޑައެޅިގެން ބަޔާންވެފައެއް ނޯވެއެވެ. އެހެންކަމުން ވެރިކަމުގައި ކިތަންމެ ދިގުމުއްދަތަކަށްވެސް ހުރެވިދާނެއެވެ. އެހެންނަމަވެސް އެގޮތަށް ވެރިކަމުގައި ދެމިހުރުމަށްޓަކައި އެންމެ މުހިއްމީ ރައްޔިތުންގެ މަޖްލީހުގެ ތާއީދެވެ. ދެން ރައްޔިތުންގެ އަޣުލަބިއްޔަތު ލިބޭކަން "ދެއްކުމެވެ". މި ދެ ސަރުތުވެސް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމް އެ ގެންދަވަނީ ފުރިހަމަ ކުރަމުންނެވެ. މިއީ މިއަދު އެންމެން ގަބޫލްކުރަންޖެހޭ ހަޤީޤަތެކެވެ. މި އަދު މައުމޫނު ވެރިކަމުގައި ގިނަދުވަސް ތަކެއްވަންދެން ހުރުމުން ކިތަންމެ ވަރަކަށް އަޅުގަނޑުމެންގެ ބޮލުގައި ރިއްސިޔަސް ކުރެވޭނެކަމެއްނެތެވެ.


ބަރުލަމާނީ ނިޒާމުގައި އެކަކަށް ބޮޑުވަޒީރުކަމުގައި ދެމިހުރެވޭނެ މުއްދަތެއް ކަނޑައެޅިފައެއް ނޯވެއެވެ. އެހެންކަމުން އެތައްދައުރަކަށް އެކަކު ބޮޑުވަޒީރުކަމުގައި ދެމިހުރެ ހުދުމުހުތާރް ވެރިކަމެއް ދިގުމުއްދަތަކަށް ކުރުމުގެ ފުރުޞަތު އަބަދުވެސް އޮވެއެވެ. މިސާލަކަށް ދަގަނޑު އަންހެނާގެ ނަމުން މަޝްހޫރުކަން ލިބިފައިވާ މާގްރެޓް ތެޗަރ އިގިރޭސި ބޮޑުވަޒީރުކަން 11 އަހަރު (1990 -1979) ވަންދެން ކުރެއްވިއެވެ. ސިންގަޕޫރުގައި މަޝްހޫރު ލީ ކުއާން 31 އަހަރު (1990-1959) ވަންދެން ބޮޑުވަޒީރުކަމުގައި ހުންނެވިއެވެ. މެލޭޝިޔާގައި ހަރުކަށި ސިޔާސަތެއްގެ ވެރި މަހާތީރު މުހައްމަދު 22 އަހަރު (2003 -1981) ބޮޑުވަޒީރު ކަންކުރެއްވިއެވެ. 1997 ވަނަ އަހަރު އިގިރޭސި ބޮޑުވަޒީރުކަމާއި ހަވާލްވި ލޭބަރ ޕާޓީގެ ލީޑަރ ޓޯނީ ބްލެއަރ އެމަގާމްގައި ހުންނަވާތާ 9 އަހަރުވީއެވެ. ދާދި މިދާކަށްދުވަހު ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލާއި ފިކުރަށް ނުބަލައި ޓޯނީ ބްލެއަރ އެމެރިކާއާއެކު އިޒްރޭލްގެ އުދުވާނަށް ތާއީދުކުރިއެވެ. ލެބަނާނު ބިމާ ހަމަކޮށްލިއެވެ. މިހަނގުރާމައަށް އިގިރޭސި ރައްޔިތުންގެ ތެރެއިން 77 ޕަސަންޓު މީހުން ތާއީދު ނުކުރާކަމަށް ސްކައި ނިއުސުން ކުރި ސާރވޭއަކުންދައްކައެވެ. ޓޯނީ ބްލެއަރގެ ކުރީގެ ފޮރިން ސެކެޓްރީ ޖެކް ސްޓްރޯ އިޒްރޭލްގެ އުދުވާން ކުށްވެރިކުރެއްވިއިރު، އަދި ލެބެނާންގެ ޤާނާއައް ހަމަލަދީ އެތަކެއް ކުޑަކުދިންނާ އަންހެނުން މަރުވި ހާދިސާ އަކީ ޤަބޫލްކުރެވޭނޭ އަމަލެއްނޫންކަމުގައި އެޕާޓީގެ ޕާލިމެންޓް މެންބަރުން ބުނަމުންގެންދިޔައިރު ބޮޑުވަޒީރު ޓޯނީ ބްލެއަރ ހުންނެވީ ސަރުތަކާއި ނުލާ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގޮވާލުމަށް ދެކޮޅުހައްދަވައިގެންނެވެ. އަދި އިޒްރޭލުގެ އަމަލްތައް ކުށްވެރި ކުރެއްވުމަށްވެސް ދެކޮޅުހައްދަވައިގެނެވެ. އޭރު ހަނގުރާމައާއި ދެކޮޅަށް އަޑުއުފުލަމުން އިގިރޭސި ރައްޔިތުން މުޒާހަރާތައް ކުރިޔަށް ގެންދެއެވެ."ގޮޅާ" ނިޒާމުގައި ރައީސްގެ ވަޒީރުން ޤާނޫނު ހަދާ މަޖްލިހުގެ މެންބަރުންގެ ގޮތުގައި އިންތިޙާބް ކުރުމުގެ ފުރުސަތު އޮވެއެވެ. ބަރުލަމާނީ ވެރިކަމުގައި ބޮޑުވަޒީރު އެބޭފުޅާގެ މިނިސްޓަރުން ހޮއްވަވަނީ ޤާނޫނު ހަދާ މަޖްލީހުންނެވެ.


މިއީ އަޅުގަނޑުހިތުން ދިވެހިރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ. އަޅުގަނޑުމެން އަބަދުވެސް ބުނާ ވާހަކައަކީ ރައީސް ގެ ވަޒީރުން ޤާނޫނު ހަދާ މަޖްލީހުގައި ތިބޭތިބުން ޤަބޫލް ނުކުރެވޭނެ ވާހަކައެވެ. މިހާރުވެސް އަޅުގަނޑުމެންގެ ޝަކުވާއަކީ ޤާނޫނު ހަދާ މަޖްލީހުގައި މައުމޫނުގެ ވަޒީރުން އަދާކުރާ ދައުރަކީ އިންސާފުވެރި ދައުރެއް ނޫނެވެ. ނަމަވެސް މިހާރުވެސް މަޖިލީހުގައި މައުމޫނުގެ ކެބިނެޓް ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި އަދި މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުންނާއިއެކު ގާތްގަޑަކަށް 12 ބޭފުޅުން އެބަ ތިއްބަވައެވެ. އެތަނުގައި ކަންކަން ރަނގަޅަށް ގެންދަން ދަތިވާ އެއް މައްސަލައަކީ އިހުލާސްތެރިކަމާއިއެކު ވަޒީރުން މައުމޫނަށް ހިދްމަތްކުރައްވައި އެބައިމީހުން އިންތިހާބް ކުރި ރައްޔިތުންނަށް ހަރާމްކޯރު ވުމެވެ. މިހެން މިބުނަނީ މަޖްލީހުގައި ކަންކަން ނިންމެވުމުގައި ޖުމްލަކޮށް ހުރިހާ މެންބަރުންވެސް އެބޭފުޅަކު އެގޮނޑިއަށް އިންތިހާބް ކޮށްފައިވާ ރައްޔިތުންގެ ބައިވެރިވުމަށް އިޙްތިރާމް ނުކުރާތީއެވެ. އެބޭބޭފުޅުންގެ ހިޔާލާއި ފިކުރު ކަންކަން ނިންމެވުމުގެ ކުރިން ބައްލަވާ ނުހައްދަވާތީއެވެ. އެހެންކަމުން "އާދަކާދައިގެ މަތިން" އެހެން އިއްޒަތްތެރި މެންބަރުންނެކޭ އެއްފަދައިން މައުމޫނުވެސް ކެބިނެޓް ޖަލްސާތަކުގައި ވަޒީރުންނާއި އަމިއްލަފުޅަށް މަޝްވަރާކޮށް ނިންމަވާ ނިންމެވުންތައް، ޤާނޫނުހަދާ މަޖްލީހުގައި ދެންތިބި މައުމޫން ބައިއަޅުއްވާ "އިހުލާސްތެރި" މަންދޫބުންގެ އެއްބާރުލުމާއިއެކު ފާސްކުރައްވައެވެ. މިކަން ހުއްޓުވުމަށް ރައްޔިތުންނަށް ކުރެވޭނޭ ކަމެއްނެތެވެ. އަދި ޕާލިމެންޓުގައި ބައި މަދު އިދިކޮޅު ޕާޓީއަކަށް (މައިނޯރިޓީ) ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. އެކަމަކު ޕާލިމެންޓް ތެރޭ ފާޑުކިޔިދާނެއެވެ. އަޑުގަދަ ކުރެވިދާނެއެވެ. ހަޅޭއް ލެވިދާނެއެވެ. ނަމަވެސް އަޣުލަބިއްޔަތު ލިބިފައި އޮތް ޕާޓީން ހުށަހަޅާ ބިލެއް ހުއްޓުވުމުގެ ބާރެއް ނޯންނާނެއެވެ. މިއަދު އަޅުގަޑުމެންގެ ޕާލިމެންޓް ތެރެއިން ތިޔަ އިއްޒަތްތެރިންނަށް އެފެނިލައްވަނީ ހަމަ ހަޤީގަތުގައިވެސް، ޤަބޫލްކުރިޔަސް ނުކުރިޔަސް، ބަރުލަމާނީ ނިޒާމެއްގައި އަޣުލަބިއްޔަތު ނެތް އިދިކޮޅު ޕާޓީއެއް އަދާކުރާނެ ރޯލެވެ. އެރޯލު މިއަދު އެއަދާކުރަނީ އެމްޑީޕީންނެވެ. މާދަމާ އެރޯލްއަދާކުރާނީ ޑީއާރުޕީ ނުވަތަ އަދާލަތު ޕާޓީކަމަށްވެސް ވެދާނެއެވެ. މިސާލަކަށް މައުމޫންގެ 29 މެންބަރުން ވަކިކުރަން އެމްޑީޕީން ކުރި މަސަތްކަތް ބައްލަވާށެވެ. މިފަހަރު ރައީސް މައުމޫން ސަރުކާރުން ހުށަހެޅުއްވި ބޮޑު ބަޖެޓް އެގޮތަށް ފާސްވިޔަ ނުދިނުމަށް އެމްޑީޕީންކުރި މަސަތްކަތަށް ބައްލަވަށެވެ. ނަމަވެސް މަޖްލީހުގައި ކަންކަން ނިންމަވަނީ ބަނޑުމުސާރައަށް ނުބައްދަވާ ވޯޓުލައިގެން އަޣުލަބިއްޔަތަށް ތަބާވާ އުސޫލުންކަމަށްވާތީ ހުރިހާކަމެއް ވެސް އާހިރުގައި ނިމެނީ މައުމޫނުގެ ނިންމެވުމާއި އެއްގޮތަށް ވަޒީރުންގެ ބަރަކާތްލެވިގެން މަޖްލީހުގެ އަޣުލަބިއްޔަތުންނެވެ.9 ޖޫން 2005 ގައި މައުމޫން ހުށަހެޅުއްވީ ބޮޑުވަޒީރަކު ހުރެގެން ވެރިކަން ކުރާ ނިޒާމެކެވެ. އެމްޑީޕީން މިއަދު އެ ޕްރޮމޯޓް ކުރަނީ ބޮޑުވަޒީރަކު ހުރެގެން ކުރާވެރިކަމުގެ ނިޒާމެކެވެ.

Read more