Saturday, June 16, 2007

އަތިރިމަތީގެ ހޮޅުއަށި: މިނިވަން ނޫހާއި ގޮޅާ ނިޒާމު

އަތިރިމަތިން ބުނެޔޭ މިހާރަކަށް އައިސް މިނިވަން ނޫހުގައި ޖަންގަލީގެ ހޮޅުއަށި ނަމުގައި ކޮލަމެއް ލިޔާ އީސަ މާވަރަކަށް މީހުންނަށް އޮޅުވާލައި ރިޔާސީ ނިޒާމަކީ ގޮޅާ ނިޒާމު ކަމުގައި ހަދަން ވެގެން މާވަރެއް ދައްކާފައި އެބައުޅެޔޭ. އަތިރިމަތިން ބުނެޔޭ އެހެން ނޫނަސް ތިކޮލަމަކީ އެންމެ މީހަކު ލިޔާ އެއްޗެއް ނޫނޭ. ކިތަންމެ މީހަކު ހަމަ އީސަ ކަމަށް ހެދިގެން ތިޔާ ކޮލަމެއް އެބަ ލިޔެތޭ. މިހާރަކަށް އައިސް މިކޮލަމަކާއި ހެދިގެން މިނިވަން ނޫހުން ވެސް ގޮޅާ ނިޒާމުގެ ސިފަތައް ފާޅުވާން ފަށައިފި ކަމަށް ވެސް ޚަބަރުތައް ލިބެޔޭ. އެހެން ނުވާނީ ވަކި ކިއެއްވެ ހެއްޔޭ. ނުވާ ކަންތައް އެއީ ވާކަންތައް ކަމުގައި ހެދުމާއި، ހަގީގަތް ފެންނަން އޮންނަ އިރު ވެސް އޮޅުވާލުމާއި، ދޮގަކީ ތެދުކަމަށް ބަޔާން ކުޅައުމާއި، ރޭގަނޑު ވެސް މިއީ ދުވާލުކަމަށް ބުނުމާއި، ދުވާލު އެއީ ރޭގަނޑަށް ހެދުމަކީ ދިވެހިރާއްޖޭގައި 28 އަހަރު ވަންދެން ހިންގަމުން އައިސްފައިވާ ގޮޅާ ނިޒާމުގެ ސިފަތައް ވިއްޔާއޭ. މިހާރަކަށް އައިސް މިނިވަން ނޫހުން މިސިފަތައް ވަކިން ބޮޑަށް ފާޅުވަނީ ފަހު ޒަމާނުގެ އަލާމާތެއްގެ ގޮތުގައި ކަމަށް ވެސް ބައެއް މީހުން ބުނެޔޭ. ބަޔަކު މީހުން އަދި ތަނެއްގައި ތިބެފައި ތިމަންމެން ގެންނަން ބޭނުންވަނީ ރިޔާސީ ނިޒާމޭ ބުންޏަކަސް އެމީހުން އެހެން ބުނަނީ ކޮންމެހެން ރިޔާސީ ނިޒާމުގެ ފުރިހަމަކަން ގެނައުމުގެ ނިޔަތުގައި ކަމަށް ވެދާނެހޭ. އެހެން ނޫނަސް އެމާތް މަނިކުފާނު ވެސް ވަނީ ބަރުލަމާނީ ނިޒާމު ގެންނަން ބޭނުންފުޅުކަން ވިދާޅުވެފައި ނޫންހޭ. ދެން ކޮންމެއަކަސް ދެނިޒާމު ވެސް ރައްޔިތުންނަށް ވަނީ މިހާރު ހަމަ ރަގަޅަށް އޮޅިފައްޔޭ. މިނިވަން ނޫހެކޭ ހަމަރޯޅިއެކޭ ހަމަ ތަފާތެއް ނެތޭ. ދެނޫހުން ވެސް ފަތުރަނީ ހަމަ ޕްރޮޕެގެންޑާއޭ. ދެނޫހުން ވެސް ހީކުރަނީ ދިވެހިންނަކީ ހަމަ ގަމާރުންނޭ. ވީމާ ހަމަ ލިޔާ ކޮންމެ އެއްޗެއް ގަބޫލުކުރާނެޔޭ. އެހެން ނޫނަސް ދިވެހި ރައްޔިތުންނާ ދިމާކުރާ ޕާޓީއިން ބަރުލަމާނީ ނިޒާމެއް ގެނެސްގެން މަޖިލީހުގައި ތިއްބަވާނީ ކިހިނެއް ހެއްޔޭ. އެޕާޓީ ތަމްސީލުކުރަން މަޖިލީހުގައި ތިއްބަވާ މެންބަރުން ތިއްބަވަނީ ދޮން ރިހަ ޕާޓީގެ މަހުޖަނަކަށް ވިކި ހުސްވެފަޔޭ. ވޯޓު ވެސް ދެއްވަނީ ބަޖެޓު ވެސް ފާސް ކުރުމަށް ފެންނަ ކަމަށޭ. ނޮވެމްބަރ 10 ގައި ނިކުންނަން ނުފެންނަ ކަމަށް ބަޔާން ވެސް ނެރުއްވަނިއްޔޭ. ދެން އަވަހަށް ބަރުލަމާނީ ނިޒާމު ގެންނަވަހަރޭ.

1 comment:

Anonymous said...

AA EKEY AA EKEY...MDP GE MEEHUNVES HAQQU MAGAH AN NAN ULHEY FAADU DHAKKALAAFAA ANEKKAAVES JAAHILIYYA ZAMAANUGE GOTHAH ENBURI DHIYA EE THAA EY...VAANEEVES EHENTHAA EY...EURENGE ETHERE KOALUGAAVES GINA EE JAAHILIYYA ZAMAANUGE BODAA KAMAAI KIBURUVERIKAMUN FURIGENVAA MEEHUN NOONHEY...ADHI EBUNAA DHON RIHA PARTYGE MAHUJANUGE NUFOOZUVES VAKI KUDA EH NUVAANETHAA EY...SAHARU THEREYGAA BUNAATHEE KHABARU LIBEYEY...MAJILEEHUGAAVES GINAEE E MAHUJANUGE LAARIN HOVAAFAA THIBI EYNAAGE ARIS BEYKALUN NEVE...E ENMEVES HEEKURAA GOTHUGAA AHARUMEN KAHALA DHERA NIKAMETHI MEEHUNA NAKEE EHVES THANEH DHOREH NUEGEY GAMAARUN NEY...DHEN EHEN HEEKOHGEN AHARUMEN HADHDHAALAIGEN EMEEHUN BEYNUN GOTHAKAH AHARUMENGE BOAMATHEEGAA RASKAN KUREVIDHAANEKAMAH EUREN HEEKURANEETHAA EY...HAMA HILAA DHEN EHEN NAKUN NUVAANE EY...EURENGE ANIYAAVERIKAMAAI MAKARAAI HEELATHAKEE HAMA KUDAI DHUVASKOLHEHGE KAMAKEY...EHEN NUVAANEE VAKI KIEH VEGEN HEY...MAAIYRASKALAANGE AHUREMENGE MAHCHAH RUSSAVAAVODIGEN BAAVAALEHVI E MAAIY FOTHUGAAVES VAHEE KURAHVAAFAI E VANEE NOONHEY:BAATHILAKEE ABADHUVES NETHIVE FANAAVEDHANIVI EHCHEKEY...IDHIKEELI BLOGUNVES FEN NAMUN MIDHANEE HAMA EKAMUGE ALAAMAIYTHAH NOONHEY...MAAIYRASKALAANGE VAHEE E KUREHVI MAGUN MIKAN HINGANEYEY...THIYABAIMEEHUN AHUREN MIBUNI BASTHAH RANGALHAH HANDHAAN KURAASHEVE.