ދިވެހި ވެރިކަމުގެ ތެރޭ އަރާރުން ބޮޑުވެގެން ދިޔަ ދުވަސްވަރެކެވެ. އެއްފަރާތުގައި ތިއްބެވީ ރަދުން މުހައްމަދު ޝަމްސުއްދީނާއި އޭނާގެ ދަރިފުޅު ޕްރިންސް ހަސަން އިއްޒުއްދީނެވެ. އަނެއްފަރާތުގައި ނުފޫޒުގަދަ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ އާއިލާ އެވެ. ދެ ފަރީދެވެ. އެތައް ޑްރާމާ އެއް ފެނިގެން ދިޔަ ދުވަސްވަރެކެވެ. މޮޓަރުބޯޓު ގަޑުބަޑު ފަދަ އެތައް ކަމެކެވެ. އެންމެ ފަހުން ރައްޔިތުންގެ ކުރިމައްޗަށް ގެނައި ސުވާލަކީ ބޭނުމީ ޝަމްސުއްދީނާއި އިއްޒުއްދީން ހޭ ނުވަތަ ބޭނުމީ ދެ ފަރީދާއި އިސްލާމް ދީން ހޭ އެވެ. އިސްލާމް ދީން ދެކެ ލޯބިވާ ދިވެހިން ޚިޔާރުކުރީ ދެ ފަރީދެވެ. މިއަދު ވެސް ތަކުރާރު ވަމުން ދަނީ އެފަދަ ޑްރާމާ އެކެވެ. މިއަދުގެ ސުވާލަކީ ބޭނުމީ ގޮޅާބޯ ހޭ ނުވަތަ ބޭނުމީ ބަރުލަމާނީ ނިޒާމެއް ހޭ އެވެ. ގޮޅާބޯ ބޭނުން ނުވާނަމަ ދެން އޮތް ގޮތަކީ ބަރުލަމާނީ ނިޒާމެއް ޚިޔާރުކުރުން ކަމަށް ރައްޔިތުންނަށް ވިސްނައިދޭން އުޅެނީއެވެ. މިފަދަ ޑްރާމާއަކަށް ދިވެހިން ހެއްލޭނަމަ އޭގެ މާނައަކީ އަދިވެސް ދިވެހިންގެ ވިސްނުން ހުރީ 1930 ގެ އަހަރު ތަކުގައި ހުރި ފެންވަރުގައި ކަމަށެވެ.
Thursday, August 24, 2006
ބޭނުމީ ޝަމްސުއްދީނާއި އިއްޒުއްދީން ހޭ ނުވަތަ ދެ ފަރީދާއި އިސްލާމްދީން ހޭ؟
Posted by idhikeeli at 2:48 PM
Subscribe to:
Post Comments (Atom)
No comments:
Post a Comment