Monday, August 28, 2006

ހަގީގަތް އޮޅުވާލުމަކީ ގޯހެއް

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މި އޯގަސްޓް މަހުގެ ކުރީކޮޅު އައްޑު އަތޮޅަށް ކުރި ދަތުރުގައި ބޭއްވި ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކު ހަގީގަތާއި ހިލާފު ވާހަކަފުޅެއް ވަނީ ދައްކަވާފައެވެ. މިކަމާއި ބެހޭ އިތުރު ތަފުސީލު އަޅުގަނޑުމެންނަށް ލިބުނީ މިނިވަން ނޫހުގެ ވެބްސައިޓުންނެވެ.

http://www.minivandaily.com/component/option,com_magazine/func,show_article/id,1387

"މިމަހު ތިނަވަނަ ދުވަހު އައްޑު އަތޮޅަށް ވަޑައިގެންނެވި އެމް ޑީ ޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުބް މިއަތޮޅުގެ ރަށްތަކުގައި ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް 4 އޮގަސްޓް ދުވަހުގެރޭ އެމް ޑީ ޕީގެ ހިތަދޫ ހަރުގޭގައި ބޭއްވިއްޖެއެވެ."

"ބައްދަލުވުމުގައި ތިންވަނަ އަށް ވާހަކަ ދެއްކެވި މަޖިލީހުގެ އައްޑު މެމްބަރު އިބްރާހިމް ޝަރީފުގެ ވާހަކައިގައި ދުނިޔޭގެ އެންމެ މުއްސަދި ، ކުރިއަރާފައިވާ 8 ޤައުމުގެ ތެރެއެއިން 7 ޤައުމާއި، ޢާންމުންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގައި އެންމެ ކުރީގައިވާ 25 ޤައުމުގައިވެސް އޮންނަނީ ބަރުލަމާނީ ނިޒާމް ކަމަށާއި، ރިޔާސީ ނިޒާމް އޮންނަ ގިނަ ޤައުމުތަކަކީ އިޚްލާސްތެރި ކަމެއް ނެތް ވެރިންގެ ސަބަބުން ނިކަމެތިވެފައިވާ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތައް ކަމަށް ވިދާޅުވެ ، ފާޅުގައި ބަރުލަމާނީ ނިޒާމަށް ތާޢީދު ކުރެއްވިއެވެ. "

ޖީ8 ގެ ގައުމުތަކަކީ ކެނެޑާ، ފްރާންސް، ޖަރމަނީ، އިޓަލީ، ޖަޕާން، ރަޝިޔާ، ޔުނައިޓެޑް ކިންގްޑަމް، އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އެވެ. މީގެ ތެރެއިން ބަރުލަމާނީ ނިޒާމު އޮންނަނީ ކެނެޑާ، ޖަރމަނީ، އިޓަލީ، ޖަޕާން އަދި ޔުނައިޓެޑް ކިންގްޑަމް ގައެވެ، އެއީ 5 ގައުމެވެ. ފްރާންސްގައި އޮންނަނީ ސެމީ ޕްރެޒިޑެންޝަލް ނިޒާމެކެވެ. ރަޝިޔާ އާއި އެމެރިކާގައި އޮންނަނީ ރިޔާސީ ނިޒާމެކެވެ.

މެންޗެސްޓަރ ގާޑިއަން އަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި އިގިރޭސި ނޫސްވެރިޔާ ޗާލްސް ޕްރެސްވިޗް ސްކޮޓް 1921 ވަނަ އަހަރު ލިޔުއްވި މަޝްހޫރު މަޒުމޫނުގައި ލިޔުއްވާފައި ވަނީ:
"Comment is free but facts are sacred."

http://www.guardian.co.uk/newsroom/story/0,11718,850815,00.html

ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔާ ލިޔުންތަކުގައި ވެސް ހަގީގަތާއި ހިލާފު ކިތަންމެ ވާހަކައެއް ލިޔެފައި ހުއްޓާ ފެނެއެވެ. އެފަދަ ނޫސްތަކުން ވެސް ސްކޮޓްގެ މަޒުމޫނު އެއީ ރަގަޅު ނޫސްވެރިކަމުގެ މިންގަނޑެއްގެ ގޮތުގައި ބެލުމަކީ ރަގަޅު ކަމަކަށް ވާނެއެވެ.

No comments: