Wednesday, August 30, 2006

މައުމޫނާއި ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟

އެމްޑީޕީގެ ފަރާތުން މައުމޫނުގެ ސަރުކާރާއި ވާހަކަ ދެއްކުމުގެ ބޭނުމަކީ ބަންދުގައި ތިބި މީހުން ދޫކުރުވުން ކަމަށް ވާނަމަ ވާހަކަ ދެއްކުމުގެ މައްސަލައެއް ނެތެވެ. އިސްލާހީ ބަދަލު ގެނައުމަށް މައުމޫނު ލައްވާ ވަގުތުތަކެއް ކަނޑައެޅުވުން ކަމަށް ވާނަމަ ވެސް އޭގެ ގޯހެއް ނެތެވެ.

ނަމަވެސް ވާހަކަތައް ދަނީ ކޮން މިސްރާބަކަށް ކަން މިހާރު އޮޅިއްޖެއެވެ. ސިންގަޕޫރު ދަތުރެއް ނިންމާލާފައި މައުމޫނު އައިސް ފުރަތަމަ ވެސް އޯޑަރ އެދިނީ އައްޑޫގައި އުދުވާނެއް ހިންގުމަށެވެ. އޭގެ ފަހުގައި ރައްޔިތުން ރުޅި އައިސްގެން މަގުތަކާއި ތަންތަނަށް ނިކުތުމުން މައުމޫނުގެ ޗީފް ސްޕޯކްސްޕާސަން އެބުނަނީ އަންނިއަކަށް ވާހަކަ ތަކުގައި ބުނާ ކަންތަކެއް ފުރިހަމަކޮށް ނުދެވޭނެ ކަމަށެވެ. މިއީ އަންނި ދޫކޮށްނުލާން ދައްކާ އުޒުރެއް ނޫން ހެއްޔެވެ؟

މައުމޫނަށް އިތުރަށް ހަމަޖެހިލަން ވަގުތު ދިނުމަށް ކޮންމެހެން ވާހަކަ ދައްކާކަށް ނުޖެހެއެވެ. އަހަރެމެންގެ ގައުމަކީ މިނިވަން ގައުމެކެވެ. ނަމަވެސް ރައްޔިތުންނަކީ މިނިވަނުންނެއް ނޫނެވެ. ވީމާ ރައްޔިތުން މިނިވަންކަން ހޯދަން ކުރާ މަސައްކަތުގައި ކޮންމެހެން އިގިރޭސި ސަފީރު ބުނާހާ އެއްޗެއް ނެހެދޭނެއެވެ. މައުމޫނު ބޭނުންހާ ގޮތަކަށް ކަންތައް ދިގުދަންމަން ލިބޭ ފުރުސަތެއްގެ ގޮތުގައި ވާހަކަ ދެއްކުން ބޭއްވުމުގެ ބޭނުމެއް ނެތެވެ.

މާ ސިއްރިޔާތުގައި ވާހަކަ ދެއްކުން ބޭއްވީތީ މިހާރު ވެސް އެމްޑީޕީގެ ތެރޭ ވަނީ ހިތްހަމަނުޖެހުންތަކެއް އުފެދިފައެވެ. ވީމާ ނަތީޖާއެއް ނުފެންނަ ކަމަށް ވަންޏާ އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކުން ހުއްޓާލަންވީއެވެ. އަންގާރަ ދުވަހުގެރޭ މަގުމަތިން ފެނިގެން ދިޔައީ އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ މީހުން މަގުމަތީ ނެތް ތަނެވެ. މިއީ ވާހަކަ ދެއްކުމުގެ ނަތީޖާ ކަމަށް ވަންޏާ، މިއީ އެމްޑީޕީއަށް ލިބޭ ވަރަށް ބޮޑު ސިޔާސީ ގެއްލުމެކެވެ.

2 comments:

Anonymous said...

Those talks has already achieved a lot; it paved for the way to hold "all party talks". It released high profile political prisoners, including the chairperson, who will sit in those talks. It has built trust and confidence between both the parties. THOSE TALKS HAS ACHIEVED A LOT.This is what happens when people think rationally and work for the betterment of the public at large.

Anonymous said...

This is unthinkable to you because you are not prepared for any consessions; THERE IS NO GAIN WITHOUT PAIN. Consessions are painful; but at the end of the day, those painful moments will take us another inch closer to bringing democracy to this country.