Thursday, August 24, 2006

މަސްވެރިންނަށް މަސް ކިރޭނެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ހާމަކުރައްވައިފި

މަސްވެރިންނަށް މަސްކިރޭނެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކު ހާމަކުރައްވައިފިއެވެ. އޭނާ މިހެން ވިދާޅުވީ މިހާރު ހިގަމުންދާ އެމްޑީޕީގެ ވަރަށް ވެސް އާދަޔާ ޚިލާފު ކޮންގްރެސްގައި ބަރުލަމާނީ ނިޒާމަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމުގެ ގޮތުންނެވެ. ރާއްޖޭގެ އެކި އަތޮޅުތަކަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ މަސް ބޭނުންވާ މިންވަރަށް ނުކިރުން ކަމަށްވާތީ، ބަރުލަމާނީ ނިޒާމުން އެކަން ޙައްލުވާނަމަ، އަތޮޅުތަކުން ކޮންގްރެސް އަށް ވަޑައިގެންނެވި ބޭފުޅުންގެ ތާއީދު ލިބޭނެތީވެ އެހެން ވިދާޅުވީއެވެ. ނަމަވެސް ބަރުލަމާނީ ނިޒާމަކުން މަސް ކިރުވައި ދެވިފައި، ރިޔާސީ ނިޒާމަކުން މަސް ނުކިރޭނެ ގޮތެއް އަދި އަޅުގަނޑުމެންނަކަށް ނުވިސްނެއެވެ. އެމެރިކާގެ އައްސޭރިފަށުގައި ދިރިއުޅޭ މަސްވެރިން ވެސް މިވާހަކަ އަށް ސަމާލުކަން ދޭނެކަން ޔަގީނެވެ. އަދި މިފްކޯއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ވެސް އެ ކުންފުނިން ވިސްނާނެކަން ޔަގީނެވެ.

No comments: